ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލުގެ ހޯލް އިމާރާތުގައި ޕާރޓިޝަން ހަރުކުރުމާއި ގުޅޭ
މި ސްކޫލުގެ ސޭފްރޫމް އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް ކުރި އިޢުލާން GS146/IU/2017/21 (12 ޖުލައި 2017) އާއި ގުޅިގެން ބިޑް ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ އެއިޢުލާން ބާތިލުކޮށް، އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2017 އޯގަސްޓް 13 ވާ އާދިއްތަ ދުވަހުގެ 13:30 ށް ސްކޫލަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 އޯގަސްޓް 17 ވާ ބުރާސްފަތި ދުވަހުގެ 13:30 ށް ބިޑް ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އެހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
15 ޛުލްގައިދާ 1438 ހ