ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
2017 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓްގައި ގއ. ވިލިގިލީގެ އަލަށްއާބާދުވެފައިވާ ސަރަހައްދުގައި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ފައިސާވަނީ ހަމަޖެހިފައެވެ. މިގޮތުން މިމަޝްރޫޢުތަކަށް ލިބިފައިވާ ފައިސާގެ ތެރެއިން ގއ. ވިލިގިލީގެ އަލަށްއާބާދުވެފައިވާ ސަރަހައްދުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ނަރުދަމާގެ ނިޒާމްގެ ސާރވޭ އަދި ޑިޒައިން މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް 19 ޖުލައި 2017 ގައި ނަންބަރު IUL)438-WS/438/2017/138) އިޢުލާނަށް އެކަށީގެންވާ ވަރަށް ޝައުގުވެރިކަން ފާހަގަކޮށްފައި ނުވާތީ އިޢުލާނު ބާޠިލްކޮށް އަލުން ބީލަމުގެ ފުރުސަތު ހުޅުވާލަމެވެ.
މި ކޮންސަލްޓަންސީގެ މަސައްކަތްތަކުގެ ތެރޭގައި ޕްލިމިނަރީ ޑިޒައިންގ، ޑީޓެއިލް ޑިޒައިންގ، ޓެންޑަރ ޑޮކިއުމަންޓްސް އަދި އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް ތައްޔާރުކުރުން ހިމެނެއެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ކޮންސަލްޓަންޓުން ރިކުއެސްޓް ފޯރ ޕްރޮޕޯސަލް (އާރް.އެފް.ޕީ) އާއި އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން އަރުވަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.
މި މިސައްކަތުގެ " ބިޑް ޑޮކިއުމަންޓް " މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި މަޝްރޫޢު އާއި ގުޅޭ " ބިޑް ޑޮކިއުމަންޓް " އަދި ރެޖިސްޓްރީ ޑައުންލޯޑު ކުރެވޭ ގޮތަށް މި އިއުލާނާއި އެކު އެޓޭޗް ކުރެވިފައިވެސް ވާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވަޑައިގެންނެވުމަށް ޝަޢުޤުވެރިވާ ފަރާތްތަށް [email protected] އަށް މެއިލް ކުރައްވައިގެން ރެޖިސްޓްރީ ކުރަންވާނެއެވެ. ރެޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވަޑައިގަތުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބިޑް ހުށަހެޅުމަށް ރެޖިސްޓްރީ ކުރެވޭނެ އެންމެފަހު ތާރީޚަކީ 13 އޯގަސްޓް 2017 އެވެ.
ބީލަން ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 އޯގަސްޓް 15 ވާ އަންގާރަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2017 އޯގަސްޓް 15 ވާ އަންގާރަ ދުވަހުގެ 10:00 ގައި ހުށަހެޅުއްވުން އެދެމެވެ.
" ޕްރޮޕޯސަލް" އޮންނަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ. ބޭރުގައި "ޕްރޮޕޯސަލް" މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޙާއި ވަގުތު ލިޔެފައި އިންނަންވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕްރޮކިޔުމަންޓް ޔުނިޓް،
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
ފޯނު: 3018341 960+ ، ފެކްސް: 3018301 960+
އީމެއިލް : [email protected]
ވެބްސައިޓް: www.environment.gov.mv