ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ތުރާކުނުގައި ބަށިކޯޓް އެޅުމުގެ މަޝްރޫޢު

ނަމްބަރ: IUL)244-ESMSMS/244/2017/33

                                އިޢުލާން                              

              ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން މިރަށުގައި އެޅުމަށް ހަމަޖެހިފައިވާ ބަށިކޯޓްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަމްބަރު: IUL)244-CAA/244/2017/5 (30 މާރޗް 2017) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބޮޑުކަމަށް ފެންނާތީ، އެޢިއުލާން ބާޠިލްކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

              ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2017 އޯގަސްޓް 15 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 އަށް މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 އޯގަސްޓް 21 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 އަށް މިއިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މިމަސައްކަތް ކުރުމަށް ކުރިމަތި ލެވޭނީ ޤާނޫނު ނަމްބަރު: 18/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ނަމްބަރު: 19/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

              އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 2017 އޯގަސްޓް 21 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގައި މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގައި، އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކާއި ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާމީހާގެ އައިޑީ.ކާޑުގެ އަސްލާއެކު ސިޓީއެއް ހިފައިގެން ހާޟިރުވުން އެދެމެވެ.  

              މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

             14 ޛުލްޤައިދާ 1438

             06  އޯގަސްޓް 2017

06 އޮގަސްޓް 2017
ހޯދާ