ދިވެހިރާއްޖެ
ސުލްޠާން މުޙައްމަދު ސްކޫލް
ގއ.ދެއްވަދޫ
ދިވެހިރާއްޖެ ނަމްބަރ: GS-200/2017/18
އިޢުލާން
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މި ސްކޫލްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ބަޖެޓް ކަމުގެ މަޤާމަށް ކުރެވުނު އިޢުލާނުގައި މަޤާމުގެ ޝަރުޠުގައި ދާއިރާ ހިމެނުމުގައި ބައެއް ދާއިރާތައް ހިމެނިފައިނުވާތީ، އިޢުލާން ނަމްބަރ GS-200/2017/13(ޖުލައި02, 2017) ގެ އިޢުލާން ބާޠިލްކޮށް އަލުން އެ މަޤާމަށް އިޢުލާން ކުރަމެވެ.
ވަޒީފާފެ ފުރުސަތު
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
މަޤާމުގެ ނަމްބަރ: J-235278
ބޭނުންވާ ޢަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: ޖީ.އެސް.3
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
މަޤާމް އޮތް އޮފީސް: ސުލްޠާން މުޙައްމަދު ސްކޫލް /ގއ.ދެއްވަދޫ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ބަޖެޓް ސެކްޝަން / ސުލްޠާން މުޙައްމަދު ސްކޫލް/ގއ.ދެއްވަދޫ
މުސާރަ: 4465.00ރ.(ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)
ސާރވިސް އެލަވަންސް: 1500.00ރ.(ފަނަރަސަތޭކަ ރުފިޔާ)
އިތުރު އިނާޔަތްތައް:
1-ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސް ފަރުވާގެ ޚިދުމަތް.
2- ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
3- ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ. އަދި ރަމަޟާން މަހުގެ ޚާއްޞަ އެލަވަންސް ހަމަޖެހިފައިވާ އުސޫލުގެ މަތިން ދެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
1-ބިލްތައް އެންޓަރކޮށް އޯޑަރު ފޯމް އެޓޭޗްކުރުން.
2- ބިލްތަކުގެ ވައުޗަރ ހެދުމާއި ފައިލްކުރުން.
3- ޕޭމެންޓް ވައުޗަރސްތައް އެސް.އޭ. ޕީ އަށް އެންޓަރ ކުރުމާއެކު ޕޯސްޓް ކުރުވުން.
4- ސަރކިއުލަރތައް އަޕްލޯޑް ކުރުވުން.
5- އެގްރީމެންޓްތައް ތައްޔާރު ކުރުމާއި ބެލެހެއްޓުން.
6- މުސާރަ ޝީޓް ތަކާއި، ރިޕޯރޓްތައް ކަނަޑައެޅިފައިވާ ތާރީޚްތަކަށް ނިންމާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
7- އިންވެންޓްރީ ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
8- ސްކޫލަށް ގަނެވޭ މުދަލާއި ތަކެތީގެ ސްޓޮކް ބެލެހެއްޓުން.
9- ސްކޫލްގެ މަސައްކަތު މީހުންގެ ޑިއުޓީތައް ބެލެހެއްޓުމާއި އެމީހުން ލައްވާ ކުރުވަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުވުން.
10- ސްކޫލަށް ގަންނަންޖެހޭ ތަކެތި ގަތުމާއި، ފިހާރަތަކުގެ ބިލްތައް ބަލައިގަނެ ފައިސާ ދެއްކުމުގެ ކަންތައް ކުރުން.
11- ސްކޫލްގެ ފަރާތުން ބާއްވާ އެކިއެކި މުބާރާތްތަކާއި، ރަސްމިއްޔާތުތައް އިންތިޒާމް ކުރުމުގައި އެހީތެރިވުން.
12- ތިޖޫރީ ބެލެހެއްޓުން.
މަޤާމުގެ ޝަރުޠު:
1-އެކައުންޓިން / ފައިނޭންސް/ ބިޒްނަސް/އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު، މަތީގައިވާ ދާއިރާއަކުންކުރެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
1-ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
2- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
3- އިންޓަރވިއު.
ހުށަހަޅަންޖެހޭ ލިޔުންތައް:
1-ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް. މި ފޯމް މި ސްކޫލްއިން ލިބެން ހުންނާނެއެވެ. އަދި މި ފޯމް ސިވިލް ސާރވިސް ވެބްސައިޓުން (www.csc.gov.mv (http://csc.gov.mv)) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް).
3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްގެކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
4- ސިވިލް ސާރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ.
(ހ)މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމް ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމް ތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓް ތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމް ތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެއްވޭނެކަމަށް މޯލްޑިވެސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމް ތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސާރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
6- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ.
7- ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސާރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.
8- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރަތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
(ހ) ސިވިލް ސާރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި:
1-ވަޒީފާއަށް އެދޭ ފޯމް ސުލްޠާން މުޙައްމަދު ސްކޫލްއިން ލިބެންހުންނާނެއެވެ. އަދި މި ފޯމް ސިވިލް ސާރވިސްގެ ވެބްސައިޓް (www.csc.gov.mv ( http://www.csc.gov/mv)) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 އޮގަސްޓް 2017(އަންގާރަ) ދުވަހުގެ މެންދުރު 13.00 ގެ ކުރިން ސުލްޠާން މުޙައްމަދު ސްކޫލަށެވެ.
2-އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.
އިންޓަރވިއު އޮންނަތަނާއި މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 17 އޮގަސްޓް 2017 އާއި 22 އޮގަސްޓް 2017 އާއި ދެމެދު، ސުލްޠާން މުޙައްމަދު ސްކޫލްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚް ތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
ޝޯޓް ލިސްޓް ކުރުން:
މި ވަޒީފާއާށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 ށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާކްސްލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:
މި މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން %30 ލިބެންޖެހޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ގއ.ދެއްވަދޫ ސުލްޠާން މުޙައްމަދު ސްކޫލްގެ ނަމްބަރ 7983076 ފޯނަށް ގުޅުއްވުން އެދެމެވެ. ނުވަތަ މި ސްކޫލްގެ އީ މެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
14 ޛުލްޤައިދާ 1438
06 އޮގަސްޓް 2017