މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އިޢުލާން

 

                                                                                                                                                ނަންބަރު: (IUL)101-AF/1/2017/170

                                                                              ޢިއުލާން

  އިގުތިޞާދީ ގޮތުންނާއި އުފެއްދުންތެރިކަމުގެ ގޮތުން ދިވެހި އަންހެނުން ބާރުވެރި ކުރުމަށްޓަކައި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުލަބުޖަމުއިއްޔާތަކާއި ކޯޕަރޭޓިވް ސޮސައީޓީތަކަށް ސަބާމޯލްޑިވްސްއާއި ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.

             ވީމާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކުލަބުޖަމިއްޔާތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކުގެތެރެއިން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 15 އޮގަސްޓް 2017 ވަނަ ދުވަހުގެ 14:00 ގެކުރިން ސަބާ މޯލްޑިވްސްގައި ރަޖިސްޓްރީކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކޮށް ރަޖިސްޓްރީކުރުމަށް ފޮނުވާ ސިޓީއާއިއެކު ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވުންއެދެމެވެ.

              ހ. ކުލަބު ޖަމުއިއްޔާ ނުވަތަ ކޯޕަރޭޓިވް ސޮސައިޓީގެ ރަޖިސްޓްރީ ކޮޕީ

              ށ. ކުލަބު ޖަމުއިއްޔާ ނުވަތަ ކޯޕަރޭޓިވް ސޮސައިޓީގެ ހިންގާ ޤަވާއިދުގައި ބަޔާންކޮށްފައިވާ މަގްސަދުތަކުގެ ކޮޕީ

              ނ. ކުލަބު ޖަމުއިއްޔާ ނުވަތަ ކޯޕަރޭޓިވް ސޮސައިޓީގެ ހިންގާ ކޮމެޓީގެ ކޮޕީ

              މިކަމާ ގުޅޭގޮތުން އިތުރު މަޢުޅލޫމާތެއް ސާފުކުރައްވަން ބޭނުންފުޅު ވާނަމަ

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:00 ން 14:00 ށް 3003018 ނަންބަރުށެވެ. އާ-މެއިލް ކުރާނީ [email protected] ށެވެ.

03 އޮގަސްޓް 2017
ހޯދާ