ދިވެހިރާއްޖެ
- ނޯޓިކަލް ސްޓަޑީޒް - މެރިން އިންޖިނިއަރިންގް |
ކޯހުގެ ދާއިރާ: |
ޑިޕްލޮމާ
|
ކޯހުގެ ލެވެލް: |
3 އަހަރު |
މުއްދަތު: |
މެލޭޝިއާ |
ޤައުމު: |
ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު 4. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މި ޑިޕާޓްމަންޓް މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ އެ ލޯނެއް އަނބުރާ ދައްކަވައި ޚަލާސްކުރައްވާފައިވުން. 5. އަދި މީގެ އިތުރުން، މި އިޢުލާނާއިއެކު އަޕްލޯޑް ކުރެވިފައިވާ މަޢުލޫމާތު ޝީޓްގައި ހިމެނޭ ޝަރުތުތައް ފުރިހަމަވާންވާނެއެވެ. 6. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން.
|
ކޯހުގެ ޝަރުތު: |
||
- ފުރިހަމަކުރައްވާފައިވާ މެލޭޝިއާގެ އެޕްލިކޭޝަން ފޯމު އަދި ޑީ.އެޗް.އީގެ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި. - ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. - ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ - ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތްކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތްކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން. - ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން. - މެޑިކަލް ސަރޓިފިކެޓް |
ހުށަހަޅުއްވަންޖެހިވަޑައިގަންނަވާ ތަކެތި: |
||
- އެޓެސްޓްކުރި ތަނުގެ ނަން. - އެޓެސްޓްކުރި މީހާގެ ނަން. - އެޓެސްޓްކުރި މީހާގެ މަގާމް. - އެޓެސްޓްކުރި މީހާގެ ސޮއި. - އެޓެސްޓްކުރި ތާރީޚް.
|
އިތުރު މަޢުލޫމާތު |
||
އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 9 އޮގަސްޓް 2017 ވާ ބުދަ ދުވަހުގެ 13.30 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅުއްވަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) ނޯޓް: އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާންގައި ބަޔާންކޮށްފައިވާ ތަކެތި ހަމަކުރެއްވުމަށްފަހު، ސިޓީއުރައެއްގައި ބަންދުކުރައްވައި މި ޑިޕާޓްމަންޓާއި ހަވާލުކުރުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމެވެ. އަދި މިގޮތަށް އީމެއިލް ކުރައްވާނަމަ،ސުންގަޑި ހަމަވުމުގެ ކުރިން 3341307 އަށް ގުޅުއްވައި މި ޑިޕާޓްމަންޓަށް އީމެއިލް ލިބިފައިވޭތޯ ޔަޤީންކޮށްލެއްވުން މުހިއްމެވެ. ސިޓީއުރައިގެ ބޭރުގައި ނުވަތަ އީމެއިލްގެ ސަބްޖެކްޓްގައި އެދިވަޑައިގަންނަވާ ބޭފުޅެއްގެ ނަން، ސްކޮލަރޝިޕްގެ ނަން، ކޯހުގެ ނަން އަދި ގުޅޭނެ ނަންބަރު ލިޔުއްވަންވާނެއެވެ. |
|||
ކޯހަށްއެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށް މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބޭނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓް http://www.dhe.gov.mv އިންވެސް ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު މިވެބްސައިޓުންނާއި، 3341307 / 3341392 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ. |