ދިވެހިރާއްޖެ
ނަންބަރ:17 (IUL)241-B/241/2017/
އިޢުލާން
ގއ.އަތޮޅުގޭގައި ކުރަންހުރި ވަޑާމްގެ މަސައްކަތްކޮށް ދޭނެ ފަރާތެއް ހޯދުމާއި ބެހޭ
މިއިދާރާގެ ނަންބަރ(IUL)241-A/241/2016/51:(22-11-2016) ގެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ގއ. އަތޮޅުގޭގައި ކުރަންހުރި ވަޑާމްގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 06 އޮގަސްޓް 2017 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފް ކުރެއްވުމަށްފަހު 10 އޮގަސްޓް 2017 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފްކުރުމަށް ވަޑައިނުގަންނަވާ ފަރާތަތަކާއި އަދި ގަޑިޖެހިގެން ހާޟިރުވާ ފާރާތްތަކަށް މައުލޫމާތު ދިނުމާއި އަދި އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅުއްވަން ވާނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތް ތަކުންނާއި ކުންފުނި ތަކުންނެވެ. މިމަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބްތައް އިވެލުވޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.
- މަސައްކަތުގެ ޖުމްލަ އަގަށް ދެވޭ މާރކްސް %60
- ހުށަހަޅާ މުއްދަތަށް ދެވޭ މާރކްސް
- ލިބިފައިވާ ތަޖުރިބާއަށް ދެވޭ މާރކްސް
- މާލީ ތަނަވަސްކަމަށް ދެވޭ މާރކްސް
މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.
11 ޒުލްޤައިދާ 1438
03 އޮގަސްޓް 2017