މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕަބްލިކް ޕްރައިވެޓް ޕާރޓްނަޝިޕްގެ އުޞޫލުން ޢާއްމު ވިޔަފާރި ތަރައްޤީކުރުމަށް ބިން ކުއްޔަށް ދޫކުރުމާއި ބެހޭ

މި އިޢުލާންވަނީ 20 އޮގަސްޓް 2017 11:03 ގައި ބާތިލް ކުރެވިފައެވެ.


މި ކައުންސިލްގެ ބެލުމުގެދަށުގައިވާ ވިޔަވަތި + ބޯދި ގޯތީގެ ހުޅަނގުން އޮތް ހުސްބިމާއި، 1500 އަކަފޫޓަށްވުރެ ބޮޑުނުވާގޮތަށް 03 ބަޔަށް ބައިކުރުމަށްފަހު އެއިން ކޮންމެ ބައެއްވެސް 15 އަހަރުދުވަހުގެ މުއްދަތަށް ޕަބްލިކް ޕްރައިވެޓް ޕާރޓްނަރޝިޕްގެ އުޞޫލުން ޢާންމު ވިޔަފާރި ތަރައްޤީކުރުމަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ. މި ބިން ތަކަށް އަގުހުށަހަޅުއްވަން ވާނީ އަކަފޫޓަކަށް 50/- (ފަންސާސްލާރިއަށްވުރެ) ކުޑަނުވާ ގޮތެއްގެ މަތިންނެވެ. 

 ޕޮއިންޓް ދިނުމުގައި ބެލެވޭނެ މިންގަނޑުތައް:-

   އަގު  %70- މާކްސްދެވޭނީ މި ކައުންސިލްގެ ބިޑް އިވެލުއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑުއަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

މިގޮތުން އެންމެގިނަ މާކްސްލިބޭނީ އެންމެބޮޑު އަގަށެވެ.

   ފައިނޭންސިއަލް ކެޕެބިލިޓީ  %20 - ބޭންކް ސްޓޭޓްމަންޓް ހުށަހެޅުން .

މާކްސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން 1,000,000.00 ރ އަކީ އެންމެބޮޑު ޢަދަދެއްގެ މުޢާމަލާތެއް ބޭންކްގައި ކުރެވިފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން  ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް

   ތަޖްރިބާ %10 - މިފަދަ މަސައްކަތެއްގައި ޚިދުމަތްދިން މުއްދަތު

މިގޮތުން އެންމެގިން މާކްސްލިބޭނީ މިކައުންސިލުގެ ބިޑް އިވެލުއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން މިފަދަ މަސައްކަތެއްގައި ޚިދުމަތް ދީފައިވާ އެންމެގިނަ އަހަރުވެފައިވާ ފަރާތް ބެންޗް މާރކެއްގެ ގޮތުގައި ބަލައިގެންނެވެ.                 

 

ވީމާ، މިކަމަށްޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 އޮގަސްޓް 2017 ވާ ބުރާސްފަތި ދުވަހުގެ 10:00 ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 17 އޮގަސްޓް 2017  ބުރާސްފަތި ދުވަހުގެ 10:00 ށް ހުށަހަޅުއްވާ ޕްރޮޕޯސަލްތައް ހިއްޕަވައިގެން މި އިދާރާއަށް ޙާޟިރުވުން އެދެމެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

10 ޛުލްޤައިދާ   1438

02 އޮގަސްޓް 2017
ހޯދާ