ދިވެހިރާއްޖެ
އިޢުލާން
މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލުގައި ހިނަވާގެއެއް ޢިމާރާތް ކޮއްދޭނެ ފަރާތެއް ހޯއްދުމަށްޓަކައި މިކައުންސިލްގެ ނަންބަރު (IUL)313-F/313/2017/73 ( 16 ޖުލައި 2017 ) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބު ތަކުގެ އަގުބޮޑުކަމަށް ލޯކަލްގަވަރމަންޓް އޮތޯރިޓީގެ ނަންބަރު 221-PP/313/2017/11 ( 01 އޯގަސްޓް 2017 ) ސިޓީން އަންގާފައިވާތީ، އެ އިޢުލާން ބާޠިލް ކޮށް އަލުން އެ މަސައްކަތް އަމިއްލަ ތަކެތީގައިކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ. ބީލަން ފޮތް ދޫކުރުމަށް ހަމަޖެހިފައިވަނީ ޕްރީބިޑް ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކައް އެކަންޏެވެ. މިމަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 06 އޯގަސްޓް 2017 ވާ ( އާދިއްތަ ) ދުވަހުގެ 10:30 ގައި ބ.ކުޑަރިކިލު ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމްގައެވެ. ބިޑް ހުޅުވުން އޮންނާނީ 13 އޯގަސްޓް 2017 ވާ (އާދިއްތަ ) ދުވަހުގެ 10:30 ގައި މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ރޫމް ގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ތިރީގައިވާ މައުލޫމާތު ލިޔެފައި ހުންނަން ވާނެއެވެ.
ހ. "މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލުގައި ހިނަވާގެއެއް ޢިމާރާތްކުރުމުގެ މަސައްކަތް"
ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު
ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު
ބީލަމާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ ބީލަން ޤަބޫލު ނުކުރެވޭނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.