ދިވެހިރާއްޖެ
c
އިގްތިސާދީ ފުދުންތެރިކަން- އިޖުތިމާއީ ހަމަޖެހުން
|
Rathafandhoo School GDH. Rathafandhoo Rep of Maldives Phone /fax:7983087/6840037 |
ރަތަފަންދޫ ސްކޫލް
ގދ. ރަތަފަންދޫ
ދިވެހިރާއްޖެ
ފޯން/ ފެކްސް 7983087/6840037
ނަންބަރ: |
GS-205/IUL/2017/23
އިޢުލާން
ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން
ސްކޫލް މަދަރުސާތަކުގެ ސެކިޔުރިޓީ ބެލެހެއްޓުން އައުޓްސޯސް ކުރުމާއި ގުޅިގެން ވިޔަފާރީގެ އުސޫލުން މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާން ނަމްބަރ 19/2017/IUL/2015-GS އާއި ގުޅިގެން އެންމެފަރާތަކުން މައުލޫމާތު ސާފުކުރަށްވާފައި ވާތީ އެއިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.
ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 އޮގަސްޓް 2017 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މިސްކޫލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 21 އޮގަސްޓް 2017 ވާ ހޯމަ ދުވަހު ހެދުނު 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފްކުރުމުގެ ސެޝަނުގައި ބައިވެރި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބް ހުށަހެޅުއްވުމުގެ ފުރުސަތެއް ނޯންނާނެ ވާހަކަ ދަންނަވަމެވެ. މައުލޫމާތު ސެޝަނުގައި ބައިވެރިކުރުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ސިޓީއަކުން ސްކޫލަށް އަންގަންވާނެއެވެ. މައުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބް ތަކާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބް ބާތިލް ކުރެވޭނެކަމުގައި ދަންނަވަމެވެ. އަދި ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިގެން ހިންގާ ވިޔަފާރިތައް ނޫން އަމިއްލަ ފަރުދުންނަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
1438 K 10
02 އޮގަސްޓް 2017
މުހައްމަދު އަބްދުﷲ
ޕްރިންސިޕަލް