ދިވެހިރާއްޖެ
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަމްބަރު: MRDC/IFB/2017/13
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
ރ.މީދޫ ސައިޓަށް ބޭނުންވާ ދޮންވެލި ސަޕްލައިކުރުން
މި ކޯޕަރޭޝަންގެ ރ.މީދޫ ސައިޓަށް ބޭނުންވާ ދޮންވެލި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު އިއުލާން ނަންބަރ MRDC/IFB/2017/11 އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީވެ، ރ.މީދޫ ސައިޓަށް ބޭނުންވާ ދޮންވެލި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިއުލާންކުރީމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 09 އޮގަސްޓް 2017 ވާ (ބުދަ) ދުވަހުގެ 11:00 އަށް މިކޯޕަރޭޝަންގެ ރ.މީދޫ ސައިޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 އޮގަސްޓް 2017 (ބުދަ) ދުވަހުގެ 11:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ.
މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. އަދި ބީލަން ހުށަޅަންވާނީ މި ކޯޕަރޭޝަންގެ ރ.މީދޫ ސައިޓް އޮފީހަށެވެ.
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ބްލޮކް ނަންބަރު 385، މާފަތްތަކުރުފާނުމަގު
ޕޯސްޓަލްކޯޑް: 20386
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: +960 9947460
ފެކްސް ނަންބަރު: +960 3317133
26 ޒުލްޤައިދާ 1438
02 އޯގަސްޓް 2017