ދިވެހިރާއްޖެ
އިންޑިއާ |
ޤައުމު: |
ލަވްލީ ޕްރޮފެޝަނަލް ޔުނިވަރސިޓީ |
ޔުނިވަރސިޓީ: |
ބެޗްލަރސް ޑިގްރީ |
ލެވެލް: |
- 2 ބެޗްލަރސް ޑިގްރީ (ކޯސް ފީ ހިލޭ) - 17 ބެޗްލަރސް ޑިގްރީ (%50 ކޯސް ފީ ހިލޭ)
ބެޗްލަރސް ޑިގްރީ ކޯސްތައް: - ބެޗްލަރ އޮފް ސައިންސް (އެއަރލައިންސް، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ) - ބެޗްލަރ އޮފް ހޮޓެލްމެނޭޖްމަންޓް އެންޑް ކޭޓަރިން ޓެކްނޮލޮޖީ - ބެޗްލަރ އޮފް ފިޒިއޮތެރަޕީ - ބެޗްލަރ އޮފް ސައިންސް (އޮނަރސް) އެގްރިކަލްޗަރ - ބެޗްލަރ އޮފް ސައިންސް (އޮނަރސް) އިކޮނޮމިކްސް - ބެޗްލަރ އޮފް ސައިންސް (އައިޓީ) - ބެޗްލަރ އޮފް ޓެކްނޮލޮޖީ - ބެޗްލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން |
ކޯހުގެ ދާއިރާ އަދި އަދަދު: |
މާސްޓަރސް ޑިގްރީ |
ކޯހުގެ ލެވެލް: |
- 1 މާސްޓަރސް ޑިގްރީ (ކޯސްފީ ހިލޭ) - 8 މާސްޓަރސް ޑިގްރީ (%50 ކޯސްފީ ހިލޭ)
މާސްޓަރސް ޑިގްރީ ކޯސްތައް: - މާސްޓަރ އޮފް ސައިންސް (ކްލިނިކަލް މައިކްރޯބައިލޮޖީ) - މާސްޓަރ އޮފް ސައިންސް (މައިކްރޯބައިލޮޖީ) - މާސްޓަރ އޮފް ސައިންސް (އެގްރިކަލްޗަރ) - މާސްޓަރ އޮފް ސައިންސް (ފިޒިކްސް) - މާސްޓަރ އޮފް ސައިންސް (ކޮމްޕިއުޓަރ ސައިންސ) - މާސްޓަރ އޮފް ސައިންސް (އިކޮނޮމިކްސް) - މާސްޓަރ އޮފް ސައިންސް (ބަޔޯޓެކްނޮލޮޖީ) - މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން - މާސްޓަރ އޮފް ޕްލޭނިންގ - މާސްޓަރ އޮފް ޓެކްނޮލޮޖީ - މާސްޓަރ އޮފް ސައިންސް (ނިއުޓްރިޝަން އެންޑް ޑައިޓެޓިކްސް) - މާސްޓަރ އޮފް ސައިންސް (ބޮޓަނީ) - މާސްޓަރ އޮފް ފިޒިއޮތެރަޕީ (އެމްޕީޓީ)
|
ކޯހުގެ ދާއިރާ އަދި އަދަދު: |
ބެޗްލަރސް ޑިގްރީގެ ޝަރުތު:
ހ. CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް ށ. IELTS އިން އޯވަރރޯލް ސްކޯރ 6.0 އިން ފެށިގެން މަތި ނ. TOEFL 550 އިން ފެށިގެން މަތި. ރ. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް.
މާސްޓަރސް ޑިގްރީގެ ޝަރުތު: އެދިވަޑައިގަންނަވާ ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާސިލުކުރައްވާފައިވުން.
އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް: 4. ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެ ފަހުގެ އެހީއަށްފަހު، މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން. ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު 5. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މި ޑިޕާޓްމަންޓް މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ އެ ލޯނެއް އަނބުރާ ދައްކަވައި ޚަލާސްކުރައްވާފައިވުން. 6. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން.
|
ކޯހުގެ ޝަރުތު: |
- ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމު - ފުރިހަމަކުރައްވާފައިވާ ޔުނިވާރސިޓީގެ އެޕްލިކޭޝަން ފޯމު - ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. - ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ. - ޕާސްޕޯޓްގެ ކޮޕީ - ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ - ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތްކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތްކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން. - ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން. |
ހުށަހަޅަންޖެހޭ ތަކެތި: |
- އެޓެސްޓްކުރި ތަނުގެ ނަން. - އެޓެސްޓްކުރި މީހާގެ ނަން. - އެޓެސްޓްކުރި މީހާގެ މަގާމް. - އެޓެސްޓްކުރި މީހާގެ ސޮއި. - އެޓެސްޓްކުރި ތާރީޚް.
- އުސޫލެއްގެ ގޮތުން މި 28 ފުރުޞަތު ބަހާލެވޭނީ ބެޗެލަރސް ޑިގްރީއަށް 19 އަދި މާސްޓްރަސް ޑިގްރީއަށް 9 ފުރުޞަތަށެވެ. - އެއްފެންވަރަކަށް ކަނޑައަޅާފައިވާ ފުރުޞަތުގެ އަދަދަށްވުރެ މަދުން ކެންޑިޑޭޓުން ހުށަހަޅުއްވާފައިވާނަމަ، ބާކީވާ ފުރުޞަތުތައް އަނެއްފެންވަރަކަށް އޮންނަ ފުރުޞަތްތަކުގެ އަދަދަށް އިތުރުކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު |
އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 2017 އޯގަސްޓް 9 ވާ ބުދަ ދުވަހުގެ 13.30 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅުއްވަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) ނޯޓް: އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާންގައި ބަޔާންކޮށްފައިވާ ތަކެތި ހަމަކުރެއްވުމަށްފަހު، ސިޓީއުރައެއްގައި ބަންދުކުރައްވައި މި ޑިޕާޓްމަންޓާއި ހަވާލުކުރުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމެވެ. އަދި މިގޮތަށް އީމެއިލް ކުރައްވާނަމަ، ސުންގަޑި ހަމަވުމުގެ ކުރިން 3341307 އަށް ގުޅުއްވައި އީމެއިލް މިޑިޕާޓްމަންޓަށް ލިބިފައިއޮތްތޯ ޔަގީންކޮށްލެއްވުން މުހިއްމެވެ. ސިޓީއުރައިގެ ބޭރުގައި ނުވަތަ އީމެއިލްގެ ސަބްޖެކްޓްގައި އެދިވަޑައިގަންނަވާ ބޭފުޅެއްގެ ނަން، ސްކޮލަރޝިޕްގެ ނަން، ކޯހުގެ ނަން އަދި ގުޅޭނެ ނަންބަރު ލިޔުއްވަންވާނެއެވެ. |
|
ކޯހަށްއެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށް މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބޭނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓް http://www.dhe.gov.mv އިންވެސް ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު މިވެބްސައިޓުންނާއި، 3413933 / 3341307 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ. |