ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނަހަންދޫ މުޝްޢަބް ބިން ޢުމައިރު (މިސްކިތު) ގައި ތްރީފޭސް ކަރަންޓް ލުމާއި ފެން ހޮޅި އެޅުމާއި ގުޅޭ

 

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

 

ކުނަހަންދޫ މުޝްޢަބް ބިން ޢުމައިރު (މިސްކިތު) ގައި ތްރީފޭސް ކަރަންޓް ލުމާއި ފެން ހޮޅި އެޅުމާއި ގުޅޭ

              

          ހައްދުންމަތީ ކުނަހަންދޫ ކައުންސިލުން އިޢުލާން ކޮށްފައިވާ މުޝްޢަބް ބިން ޢުމައިރު (މިސްކިތު) ގައި ތްރީފޭސް  ކަރަންޓް  ލުމާއި  ފެން  ހޮޅި  އެޅުމުގެ  މަސައްކަތް  ކުރަން  އަންދާސީ  ހިސާބު  ބޭނުންވެގެން  ކުރި ނަންބަރ 405-A/2017/16 (23.07.2017) އިޢުލާނަށް ބިޑް ހުށައަޅަން އެއް ފަރާތުން އައުމުން ތިންފަރާތް ހަމަނުވާތީ  އިޢުލާން ބާޠިލްކުރުމަށްފަހު އިޢުލާން ކުރީމެވެ.

                ހައްދުންމަތީ ކުނަހަންދޫ މުޝްޢަބް ބިން ޢުމައިރު (މިސްކިތު)ގައި އަމިއްލަ ތަކެތީގައި ތްރީފޭސް ކޭބަލް އެޅުމާއި ފެން ހޮޅި އަޅަން ބޭނުން ވެއްޖެ އެވެ.

ވީމާ މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ސައުގުވެރިވާ ފަރާތްތަކުން 07 އޮގަސްޓް 2017 ވާ ހޯމަ ދުވަހުގެ 11:00 އަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު 10 އޮގަސްޓް 2017 ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. އަދި ބަދަލްގައި މީހަކުފޮނުވާ ނަމަ ސިޓީއެއް ހުށައަޅަން ވާނެއެވެ. މަޢުލޫމާތު ކަރުދާހެއް ދޫކުރެވޭނީ -/100 ރުފިޔާ އަށެވެ.

             މިހެންވެ ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

09 ޒުލްޣައިދާ  1438   

01  އޮގަސްޓް 2017   

01 އޮގަސްޓް 2017
ހޯދާ