ދިވެހިރާއްޖެ
އިސްދޫ ސްކޫލް
ލ.އިސްދޫ
ދިވެހިރާއްޖެ ނަމްބަރ: GS-186/IU/2017/21
އިޢުލާނު
|
|
ޕްރިންޓަރ |
މަޤާމް: |
J-145483 |
މަޤާމުގެ ނަންބަރު: |
01 (އެކެއް) |
ބޭނުންވާ އަދަދު: |
ދާއިމީ |
މަޤާމުގެ ގިންތި: |
އެސް. އެސް. 3 |
މަޤާމުގެ ރޭންކް: |
ސަޕޯޓް ސްޓާފް ގްރޭޑް 3 |
މަޤާމުގެ ކްލެސިފިކޭޝަން: |
އެޑްމިން ސެކްޝަން |
ސެކްޝަން: |
އިސްދޫ ސްކޫލް |
މަޤާމް އޮތް އޮފީސް: |
އިސްދޫ ސްކޫލް / ލ. އިސްދޫ |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މަހަކު-/3875 ރުފިޔާ |
މުސާރަ: |
މަހަކު -/1000 ރުފިޔާ |
ސަރވިސް އެލެވަންސް: |
|
އިތުރު ޢިނާޔަތްތައް: |
1- ފޮޓޯކޮޕީ ހެއްދުމާއި ޕްރިންޓްކުރުން 2- ސްކޫލުން ފޮޓޯކޮޕީހައްދަން ބޭނުންވާ އެންމެހައި ތަކެތި، ހަމަޖެހިފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެމަތިން ބަލައި ޗެކުކޮށް ކޮޕީނަގައިދިނުމާއި ޕްރިންޓްކޮށްދިނުން. 3- ޓީޗަރުން ޕްރިންޓްކުރުވާނަމަ ނުވަތަ ކޮޕީހައްދާނަމަ، އެޗްއޯޑީން އެކަމަށް ހުއްދަދީފައިވާ ސްލިޕް ފުރިހަމަކޮށްފައިވޭތޯ ބަލައި ޗެކުކުރުމަށްފަހު ޕްރިންޓްކުރުން ނުވަތަ ކޮޕީހަދައިދިނުން. 4- ޗާޕްކުރަން ބޭނުންވާ ތަކެތީގެ ސްޓޮކް ހުސްވުމުގެ ކުރިން މަސައްކަތް ބަލަހައްޓާ ފަރާތަށް އެންގުން. 5- 3 މަހުން އެއްފަހަރު ޕްރިންޓްކުރުމަށާއި ފޮޓޯކޮޕީނެގުމަށް ދާޚަރަދުގެ ތަފްސީލު، ސެކްޝަނުގެ އިސްފަރާތާ ހަވާލުކޮށް މަޝްވަރާކުރުން. 6- ދަރިވަރުންގެ އުނގަންނައިދިނުމާ ގުޅޭގޮތުން ފޮޓޯކޮޕީހެދުމާއި ޕްރިންޓްކުރުމުގައި ދަތިނުވާނޭހެން މަސައްކަތް ކުރިޔަށްގެންދިޔުން. 7- ސްކޫލުގެ ޕްރިންޓިންގ ޚަރަދު ކުޑަކުރުމަށް މަސައްކަތް ކުރުން. 8- ފޮޓޯކޮޕީ މެޝިންތަކާއި ޕްރިންޓިންގ މެޝިންތައް މަރާމާތުކުރުވުން. 9- ޕްރިންޓިން މެޝިންތަކާއި ފޮޓޯކޮޕީ ހަދާ މެޝިންތައް ގިނަދުވަހު ގެންގުޅެވޭގޮތަށް ސާފުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން. 10- އެއްވެސް މެޝިނަކަށް މައްސަލައެއް ދިމާވެއްޖެނަމަ، ކަމާބެހޭފަރާތާ މަޝްވަރާކޮށް، އެފަރާތުގެ މަޝްވަރާގެމަތިން އެކަމެއް ރަނގަޅުކުރުމަށް މަސައްކަތްކުރުން. 11- ސްކޫލުން މަރާމާތުނުކުރެވޭވަރުގެ މައްސަލައެއް ދިމާވެއްޖެނަމަ، ސެކްޝަނުގެ އިސްވެރިންގެ މަޝްވަރާއާއެކު ލަސްނުކޮށް މާލެފޮނުވައިގެން މަރާމާތުކުރުވުން. 12- ސްކޫލުގެ މަސައްކަތްތަކަށް ބުރޫނާރާނެގޮތަކަށް މެޝީންތައް މަރާމާތުކުރުމުގެ ކަންތައް ހަމަޖެއްސުން. 13- މެޝީންތައް މާލެ ފޮނުވުމާއި މަރާމާތުކޮށް ނިމުމުން ރަށަށް ގެނައުމުގެ އިންތިޒާމުތައް ހަމަޖެއްސުން. 14- މެޝިންތައް މާލެ ފޮނުވުމުގައި މެޝިންތަކަށް ގެއްލުން ނުވާނޭގޮތަށް ރައްކާތެރިކަމާއެކު ބަންދުކޮށްފައި ފޮނުވުން. 15- ސްކޫލުން ބޭރަށް ފޮނުވާ މެޝީންތައް ހަވާލުކުރާ ފަރާތަކާ ލިޔުމުން ހަވާލުކުރުން. 16- ފޮތް ޕްރިންޓްކުރުން. 17- މި ސްކޫލްގެ ދަރިވަރުންގެ ކުރިއެރުމަށް ސްކޫލުން ނިންމަވައިގެން ޕްރިންޓްކުރަންޖެހޭ ފޮތްތައް ޕްރިންޓްކުރުން. 18- ޕްރިންޓްކުރެވޭ އެންމެހައި ތަކެތީގެ ސިއްރު ހިފެހެއްޓުން. ( ޚާއްސަގޮތެއްގައި ޓެސްޓު ޕޭޕަރު ވޯކްޝީޓް ފަދަތަކެތި އެއްވެސް ފަރާތަކަށް ނުދެއްކުމާއި، ޗާޕްކުރުމަށްފަހު ނައްތާލަންޖެހޭ ތަކެތި މަސައްކަތު މީހުން ލައްވާ ތިމާގެ ޙާޟިރުގައި ރައްކާތެރިކަމާއެކު ނައްތާލުން.) 19- ސްޕަވައިޒަރުން އެދިލައްވާ ގޮތުގެ މަތިން ކިޔަވައިދިނުމަށް ބޭނުންވާ ތަކެތި އެކަމަށް ދަތިނުވާނެހެން ދުވަހުން ދުވަހަށް ޕްރިންޓްކޮށްދީ އެފަރާތްތަކަށް ރައްދުކޮށްދިނުން. 20- ޕްރިންޓްކުރެވޭ އެންމެހައި ތަކެތީގެ ރެކޯޑް އެކަމަށް ކަނޑައެޅިފައިވާ ފޮތުގައި ނޯޓުކޮށް އަޕްޑޭޓްކޮށް ރަނގަޅަށް ބެލެހެއްޓުން. 21- ހަވާލުކުރެވޭ ތަކެތި ލެމިނޭޓްކުރުމާއި ބައިންޑްކުރުން. 22- ޗާޕް ކުރުން ފިޔަވާ މިކަމާ ގުޅުންހުރި އެހެން މަސައްކަތްތަކުގައި އިދާރީ ގޮތުން އެހެން މުވައްޒަފުންނަށް އެހީތެރިވެދިނުން.
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ ޝަރުޠުތައް: |
- ތަޢުލީމާއި ތަމްރީނު - މަސައްކަތުގެ ތަޖުރިބާ - އިންޓަރވިއު
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް: |
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
ވަޒީފާއަށް އެދޭ ފޯމު އިސްދޫ ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 އޯގަސްޓް 2017 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، އިސްދޫ ސްކޫލް އޮފީހަށެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަވިއު ބާއްވާނެ ތަނާއި މުއްދަތު، ނުވަތަ ތާރީޚު ކަނޑައެޅި ހަމަޖެހުމުން، މަދުވެގެން ރަސްމީ 2 ދުވަސް ކުރިން މިމަޤާމަށް އެދުނު ފަރާތްތަކަށް ލިޔުމަކުން އަންގާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް، ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނުމާކްސްގެ ޖުމްލަ އިންސައްތަ، %25 (ފަންސަވީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ. |
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800562 ނަންބަރު ފޯނާއެވެ. |
އިތުރު މަޢުލޫމާތު ހޯދުން: |
07 ޛުލްޤަޢިދާ 14380
30 ޖުލައި 2017