ދިވެހިރާއްޖެ
ނަންބަރު: IUL)244-ESMSMS/244/2017/30
އިޢުލާން
މިކައުންސިލްގެ މިދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކައުންސިލްގެ 2 ވަނަ ދައުރުގެ 66 ވަނަ ޢާއްމު ބައްދަލުވުމުން ވަނީ ނިންމާފައެވެ.
# |
ޢަދަދު |
ތަފްސީލް |
ހާލަތު |
ނީލަން ފެށޭ އަގު |
ޖުމްލަ އަގު |
1 |
22 |
ގަނޑުސިމެންތި ޓިނު |
ބައުވެފައި |
ގަނޑެއް 30.00 ރުފިޔާ |
660.00 ރުފިޔާ |
2 |
29 |
ގަނޑުދަގަނޑު ޓިނު |
ބައުވެފައި |
ގަނޑެއް 35.00 ރުފިޔާ |
1015.00 ރުފިޔާ |
3 |
25 |
½'4 ދަގަނޑު ޓިނު |
ބައުވެފައި |
15.00 ރުފިޔާ |
375.00 ރުފިޔާ |
4 |
1 |
ގަނޑު ލައިސާޓް ޓިނު |
ބައުވެފައި |
ގަނޑެއް 35.00 ރުފިޔާ |
35.00 ރުފިޔާ |
5 |
1 |
'4 ލައިސާޓް ޓިނު |
ބައުވެފައި |
15.00 ރުފިޔާ |
15.00 ރުފިޔާ |
މި ނީލަމުން ތަކެތި ނެގުމަށް ބޭނުންވާ ފަރާތްތަކުން 14 އޯގަސްޓް 2017 ވާ ހޯމަ ދުވަހުގެ 11:00 އާއި 12:00 ދެމެދު މިތަކެތި ބެއްލެވުމަށްފަހު، ހުށަހަޅާ އެންމެ މަތީ އަގު އަދި އައި.ޑީ.ކާޑްގެ ކޮޕީއަކާއެކު ސިޓީ އުރައެއްގައި ބަންދު ކުރެއްވުމަށްފަހު 14 އޯގަސްޓް 2017 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 އަށް މިއިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި އަގު ހުށަހެޅޭނީ އައިޓަމްތަކަށް ވަކިވަކިން ޖުމްލަ އަގުގެ ގޮތުގައެވެ.
ވީމާ، ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ވަގުތުން ފައިސާ ދެއްކުމަށްފަހު 24 ގަޑީއިރު ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ. އަދި ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި މެދު ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން އަމަލު ކުރެވޭނެއެވެ. މިނީލަމުގައި ވީހާވެސް ގިނަ ފަރާތްތަކެއް ބައިވެރިވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. އަދި މިކަމާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރު 6500035 ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
08 ޛުލްޤައިދާ 1438
31 ޖުލައި 2017