ދިވެހިރާއްޖެ
146-A1/2017/91:ނަންބަރު
އިޢުލާން
މަޤާމު: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
ބޭނުންވާ އަދަދު : |
01 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ރޭންކް: |
ޖީ.އެސް 3 |
މަޤާމުގެ އަސާސީ މުސާރަ: |
4465.00 ރުފިޔާ |
މަސައްކަތް ކުރަންޖެހޭ ތަނާއި ސެކްޝަން: |
ފެމިލީކޯޓު / ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން |
އެލަވަންސްތަކާއި ޢިނާޔަތްތައް: |
- ސަރވިސް އެލަވަންސް: މަހަކު 1500.00 ރުފިޔާ، - ލިވިންގ އެލަވަންސް: މަހަކު 2700.00 ރުފިޔާ، - ޖުޑީޝަލް އެލަވަންސް: ޖުޑީޝަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %40 (މަހަކު)، - އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ. |
މަޤާމުގެ އަސާސީ ޝަރުތު:
|
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށް ދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން، ނުވަތަ - މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާކްހެއް ލިބެމުން ދިޔުމާއިއެކު، ޖީ.އެސް 2 ރޭންކްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- މުވައްޒަފުންގެ ޙާޟިރީ ދުވަހުން ދުވަހަށް މެމްސް އިން ޗެކްކުރުމާއި ސަލާމާއި ޗުއްޓީގައި ތިބޭ މުވައްޒަފުންގެ ރެކޯޑްސް މެމްސްގައި ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން. - ސަލާމުގެ ޗުއްޓީގައި ތިބި މުވައްޒަފުންގެ ބަދަލު އެހެން މުވައްޒަފުން ސެކްޝަންތަކަށް ހަމަޖެއްސުން. - މުވައްޒަފުންގެ ޗުއްޓީ ޗިޓްތައް ޕްރިންޓްކޮށް ސޮއި ކުރުވުމާއި، ޗިޓްތައް މުވައްޒަފުންނަށް އީމެއިލްކުރުމާއި މުވައްޒަފުންގެ ސަލާމް ފޯމްތައް ބަލައިގަނެ ހަމަޖެހިފައިވާ ގޮތުގެ މަތިން ފައިލްކުރުން. - ކޮންމެ މަހެއްގެ މުސާރަ ޝީޓް ތައްޔާރުކުރުމަށް ބޭނުންވާ ޙާޟިރީ ރިޕޯޓް، ގަޑީލާރި ރިޕޯޓް އަދި އިތުރުގަޑީގެ ރިޕޯޓް މެމްސް އިން ނެގުމާއި ރިޕޯޓްތައް ޗެކްކުރުން. - ކޯޓަށް އަލަށް ވަންނަ މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް ތައްޔާރުކުރުމާއި، ކޯޓުގެ ހުރިހާ މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް ޤަވަޢިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން. - އެސް.އޭ.ޕީ ގެ އެޗް.އާރު މޮޑިއުލް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ވަކިވާ މުވައްޒަފުން ކަނޑައި ކޯޓާ އަލަށް ގުޅޭ މުވައްޒަފުންގެ މަޢުލޫމާތު އެސް.އޭ.ޕީ އަށް އެޅުން. - ކޮންމެ މަހަކު މުވައްޒަފުންގެ މުސާރަ ޝީޓް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން. - ސެކްޝަނަށް ލިބޭ ސިޓީތަކަށް ސުޕަވައިޒަރުގެ ޢިރުޝާދާއެކު ޖަވާބު ތައްޔާރުކޮށް ފޮނުވުން. - ސެކްޝަނަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދާރީވުން. - ސެކްޝަނަށް ލިބޭ ލިޔެކިޔުންތައް ފައިލްކުރުން. - މީގެ އިތުރުން ކޯޓުން ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ވަޒީފާ ބަޔާނުގައި ހިމެނިފައިނެތް އެހެންނަމަވެސް ހާލަތު ނިޔާކުރާގޮތުން ކޯޓަށް މުވައްޒަފުގެ އެހީތެރިކަން ބޭނުންވެގެން، ކޯޓުގެ މަސްއޫލިއްތުތައް ތަންފީޒު ކުރުމަށްޓަކައި ކޯޓުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް ކުރުން. |
ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި: |
- ވަޒީފާއަށް އެދޭ ފޯމު (މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.) - ކުރިމަތިލާ ފަރާތުގެ ވަނަވަރު. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ސެޓުފިކެޓް ލެވެލް އިން މަތީ ސެޓުފިކެޓްތައް ހުށަހަޅަންވާނީ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީއެވެ.) - ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ. - އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، މަޤާމުގެ ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ. - ފާއިތުވީ ދެއަހަރު ދުވަހުގެ މަސައްކަތު ފެންވަރު ބަލާފައިވާ ފޯމްގެ ކޮޕީ. (މި ފޯމު ހުށަހަޅަންޖެހޭނީ ހަމައެކަނި ދެވަނަ ޝަރުޠައް ބަލައި، ޝަރުޠުހަމަވާ ފަރާތްތަކުން) - ފޯމާއެކު ހުށަހަޅަން ޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެފޯމެއް ބާޠިލު ކުރެވޭނެއެވެ. - ވަޒީފާއަށް އެދޭ ފޯމް ހުށަހަޅުއްވާނީ ފެމިލީ ކޯޓުގެ ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ އަށެވެ. ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަރވިއުއަށް ހޮވޭ މީހުން އިންޓަރވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ. |
ސުންގަޑި: |
09 އޯގަސްޓް 2017 ގެ 13:30 ކުރިން. |
އިތުރު މަޢުލޫމާތު: |
- މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަރވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ. - މި މަޤާމަށްއެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން އިޢުލާނާއި އެއްގޮތަށް ޝަރުތު ފުރިހަމަ ނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމްތައް ކެންސަލް ކުރެވޭނެއެވެ. ނޯޓް: މި ވަޒީފާ އަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި،އެޗް.އާރު ކޮމިޓީއިން ކަނޑައަޅާ އަދަދަކަށް އިންޓަރވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ. |
31 ޖުލައި 2017
|