ދިވެހިރާއްޖެ
ރ. އަނގޮޅިތީމު ސްކޫލު
ރ. އަނގޮޅިތީމު ނަމްބަރ: 18/ GS-125/IUL/2017
ދިވެހިރާއްޖެ
އިޢުލާން
ސުކޫލުގެ ނިކަގަހުގެ ބައެއް އަފިތައް ކޮށާ އުކަލުމާއި ގުޅޭ
މިސުކޫލުގެ އުތުރު ފަރާތު ގޭޓާއި އަދި ވޯރކްވޭ އާއި އޮފީހުގެ ފުރާޅުމައްޗާއި ، މަގަށް އުނދަގޫވާ ގޮތަށްހުރި ނިކަގައަފިތަކާއި ، ޕްރީސުކޫލު ކުޅޭގެއާއި ، ސަރަހައްދަށް އުދަގޫވެ ނުރައްކާ ވާގޮތަށް ހުރި ނިކައަފިތައް ސުކޫލުން ދައްކާ މިނަކަށް ކަނޑާ އުކާލަދޭނެ ފަރާތެއް ހޫދަން ބޭނުންވެއްޖެއެވެ.
ވީމާ މަގުމަތީ ހޮޅިދަނޑިތަކާއި، ސަރަހައްދު ފާރާއި، އިމާރާތަތަކަށް ގެއްލުން ނުކޮށް ސުކޫލުން ދޭ މައުލޫމާތާއި އެއްގޮތައް މި މަސަތްކަތް ކޮއްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް 2017 އޮގަސްޓު 2 ވާ ބުދަ ދުވަހު 11:00 އަށް ސުކޫލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 2017 އޮގަސްޓު 10 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި މިސަތްކަތް ކޮއްދެވިދާނެ އަންދާސީ އަގު ހުށައެޅުއްވުމަށް ދަންނަވަމެވެ.
ހުށައެޅޭ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި، މަސަތްކަތުގެ ނަން އެނގެން އޮންނަންވާނެއެވެ. މައުލޫމާތު ދޭ ގަޑީގައި މައުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މައުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށައެޅުއްވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާރޑް ގެންނަންވާނެއެވެ. ބަދަލުގައި މައުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށައެޅުއްވުމަށް ވަޑައިގަންނަވާ ފަރާތަކަށް އެކުން އެކަން އެނގޭނެ ސިޓީއެއް ގެންނަންވާނެއެވެ.
މިމަސަތްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ގާނޫނު (2014/18)ގެ ދަށުން ރަޖިސްޓުރީ ވެފައިވާ ކުނިފުނިތަކަށާއި ފަރުދުންގެ ވިޔަފާރި ގަނޫނު (2014/19) ގެ ދަށުން ރަޖިސްޓުރީވެފައިވާ ފަރާތަކަށެވެ.
ވީމާ މިކަން އަންގާ ރަށާއި އަދި މުޅިއަތޮޅަށް އިއުލާންކުރަމެވެ.
8 ޒުލްގައިދާ 1438
31 ޖުލައި 2017
ޑޭވިޑް ޕީ.ސީ
ޕްރިންސިޕަލް