ދިވެހިރާއްޖެ
`
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
SECRETARIAT OF THE GADHDHOO COUNCIL, SOUTH HUVADHU ATHOLHU
ގދ.ގައްދޫ،ދިވެހިރާއްޖެ
GDH.GADHDHOO, REP. OFMALDIVES
ނަންބަރު: 2017/58
އިޢުލާން
ގައްދޫ ކައުންސިލް އިދާރާގެ ބޭނުމަށް ވެހިކަލެއް ހޯދުމާއިބެހޭ
ގދ.ގައްދޫ ކައުންސިލް އިދާރާގެ ބޭނުމަށް ވެހިކަލެއް ހޯދުމަށް އެދި 17 ޖުލައި 2017 ގައި މިއިދާރާއިން ކުރި 57/2017 ނަންބަރ އިޢުލާނާއި ގުޅިގެން
އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީވެ، އެއިޢުލާން ބާޠިލްކޮށް މިއިދާރާއަށް ވެހިކަލެއް ހޯދައިދިނުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު
އަލުން ހުޅުވާލަމެވެ.
ސަޕްލައިކޮށްދޭންވީ ވެހިކަލާއި ބެހޭ މަޢުލޫމާތު:
ބާވަތް: ޑީސަލް ޕިކަޕް
މޮޑެލް: ޓޮޔޯޓާ،ނިސާން،އިސުޒު،އަދި މިޓްސުބިޝީ ( މި މޮޑެލް ތަކުގެ ތެރެއިން މޮޑެލެއް)
ކުލަ: ހުދު ނުވަތަ ނޫ ކުލަ
ޓަނޭޖް: 2 ޓަން
މަސައްކަތުގެ ވެރިފަރާތް: ގދ.ގައްދޫ ކައުންސިލްގެ އިދާރާ
ވީމާ، ކައުންސިލުން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތަށް ވެހިކަލް ސަޕްލައިކޮށްދުނުމަށް އެދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 އޮގަސްޓް 2017
ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 އަށް ގައްދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު
16 އޮގަސްޓް 2017 ވާ ބުދަ ދުވަހުގެ މެންދުރު 13:00 އަށް ގައްދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމަށް ވަޑައިގެން އަންދާސީ ހިސާބު
ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހަޅާއިރު ކާކުކަން އަންގައިދޭ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީއާއި އެޝަޚުޞެއްގެ ހައިސިއްޔަތު ބަޔާންވާ ރަސްމީ ލިޔުމެއް
އަދި ދެންނެވުނު ޝަޚްޞެއްގެ ބަދަލުގައި އަންނަފަރާތަކުން އެކަން އެނގޭނެ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން އަންދާސީ ހިސާބާއެކު
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ކުރިމަތިލާ ފަރާތަކީ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.
ބުނެވިދިޔަ ފަރާތުގެ ތެރެއިން ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު
ނޯންނާނެ ވާހަކަ ދެންނެވީމެވެ.
އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
08 ޛުލްޤައިދާ 1438
31 ޖުލައި 2017