އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޕާރޓިޝަން ހެދުމާއި/ އާސަންދަ ޑޭޓާ ސެންޓާރ ރޫމް ހެދުމާއި ގުޅޭ

            މި ކުންފުންޏަށް ތިރީގައި މިދަންނަވާ ތަކެތިފޯރުކޮށްދޭނެފަރާތެއްހޯދަން ބޭނުންވެއްޖެ

ނަންބަރ: TENDER/AS/2017/001


މި ކުންފުނީގެ އިންފޮރމޭޝަން ސިސްޓަމަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 އޮގަސްޓް 06 ވަނަ ދުވަހުގެ 14:30 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 އޮގަސްޓް 27 ވަނަ ދުވަހުގެ 14:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބޭނުންވާ ތަކެތި:

  • ޕާރޓިޝަން ހެދުމާއި/ އާސަންދަ ޑޭޓާ ސެންޓާރ ރޫމް ހެދުން
  • އާސަންދަ ޑޭޓާ ސެންޓާރގެ ޕަވާރ އަދި ކޫލިން ސޮލިޔުޝަން

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ ކޮންފަރެންސް ރޫމަށެވެ. މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހަޅާނީ މިކުންފުނިން އިރުޝާދުދޭގޮތަކަށެވެ.

 

30 ޖުލައި 2017

 

ޕްރޮކިޔުމެންޓް

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]    ވެބްސައިޓް: www.aasandha.mv    ފޯން:  3011471       ފެކްސް: 3013636

30 ޖުލައި 2017
ހޯދާ