އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުޅަނދުފަހަރު އެހެލުމުގެ އުޞޫލަށް ޢަމަލުކުރުން ވަގުތީގޮތުން މަޑުކޮށްލުން

       މިއިދާރައިގެ ނަމްބަރ: 352/2017/23  (17 ޖުލައި 2017) ގެ އިޢުލާނުން "އުޅަނދުފަހަރު އެހެލުމުގައި ޢަމަލުކުރަންވީ ގޮތް ކަނޑައަޅައި ޢާއްމުކޮށްފައިވާ " އުޞޫލަށް މިވަގުތަށް ޢަމަލުކުރުން ފަސްކޮށްލުމަށް މިކައުންސިލްއިން ނިންމާފައިވާކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. ނަމަވެސް، އުޅަނދުފަހަރު އެހެލުމުގެ އިންތިޒާމުގެ  ފަސޭހައަކަށްޓަކައި، އުޅަނދެއް އެހެލުމުގެ ކުރިން، މި އިދާރާގެ  މަޝްވަރާ ހޯއްދެވުން ވަރަށް މުހިއްމު ކަމެއް ކަމުގައި ދަންނަވަމެވެ.

       މިވަގުތަށް، އެ އުޞޫލަށް ޢަމަލުކުރުން ފަސްކޮށްލި ނަމަވެސް، މި އިދާރާއިން މިހާރު މިގެންދަނީ، އުޅަނދުފަހަރުގެ ވެރިންގެ ފަރާތުން އަދި ހާއްސަކޮށް ޒަމާނީ އުޞޫލުތައް ރަށުގައި ހިންގާ ދެމެހެއްޓުމަށް ބޭނުންވާ ގިނަ ބޭފުޅުންގެ ޚިޔާލުތަކާއިއެކު، ލުއިފަސޭހަ، ދެމެހެއްޓެނިވި އައު ޤަވާއިދެއް ހަދައި، ހިންގުމަށް ބޭނުންވާނެ އުޞޫލުތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.  

30 ޖުލައި 2017
ހޯދާ