ދިވެހިރާއްޖެ
މާމެންދޫ ސްކޫލް
ލ.މާމެންދޫ / ދިވެހިރާއްޖެ
ނަންބަރ:6 GS-189/IUL/2017/0
އިޢުލާން
ބީލަން ހުށަހެޅުމުގެ ފުރުޞަތު
މިސްކޫލްގެ ފެހިމާލަން ޕްރޮޖެކްޓްގެ މާލަމުގައި ފުރާޅުގައި އެގުރިކަލްޗާރ ދަލާއި އަދި ކަނދުފޮތި ދާ ދަމައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި ސްކޫލުން ދެވޭ މަޢުލޫމާތާ އެއްގޮތަށް ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަސައްކަތް:
1. ފުރާޅުގައި ދާ ދަމައި ދިނުން.
ސުންގަޑި:
- · މަޢުލޫމާތު ސާފުކުރުން: 1 އޮގަސްޓު 2017 ވާ އަންގާރަ ދުވަހުގެ 11:45 ގައި މާމެންދޫ ސްކޫލްގައި:
- · ބީލަން ހުށަހެޅުން: 7 އޮގަސްޓު 2017 ވާ ހޯމަ ދުވަހުގެ 12:00 ގައި މާމެންދޫ ސްކޫލްގައި
މިމަސައްކަތާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މިބީލަން ހުޅުވާލެވިފައި ވަނީ ވިޔާފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އެންމެހާ އާންމު ފަރާތްތަކަށެވެ. ބީލަމަށް ކުރިމަތިލާ ކޮންމެފަރާތަކަށްވެސް ހުށައެޅޭނީ އެއް ބީލަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.
07 ޒުލްގައިދާ 1438
30 ޖުލައި 2017