ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ާާAssistant Project Officer

                                       ނަންބަރު:A-381/2017/19   

އިއުލާން

މަޤާމް :  އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ .

މަޤާމުގެ ނަންބަރު: J-248080

ބޭނުންވާ ޢަދަދު :  01 (18 އަހަރު ފުރި 55 އަހަރު ނުފުރޭ ބޭފުޅުން)

މަޤާމުގެ ގިންތި:   ޓެކްނިކަލް ސަރވިސް

މަޤާމުގެ ރޭންކް :  ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:  އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1.

ސެކްޝަން : އިކޮނަމިކް،ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް .

މަޤާމް އޮތް އޮފީސް :  ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ. 

ވަޒީފާ އަދާ ކުރަންޖެހޭ ތަން : ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ /ދ. ކުޑަހުވަދޫ

މުސާރަ:    މަހަކު 4،465.00 ރުފިޔާ.

ސާރވިސް އެލަވަންސް:     މަހަކު 1،500.00 ރުފިޔާ.

އިތުރު ޢިނާޔަތް ތައް :     ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު:

1-          މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު،  މަޤާމްގެ މަސައްކަތުގެ ދާއިރާއެއްގައި 2  އަހަރު ދުވަހުގެ  މަސައްކަތު  ތަޖްރިބާ ލިބިފައިވުން.

 ނުވަތަ

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން   ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާ  ވާޖިބްތަކުގެ ޙުލާޞާ.

1- ސެކްޝަނުގެ ޕްރޮޖެކްޓްތަކާ ބެހޭ އިދާރީ މަސައްކަތްތައް ކުރުން.

2- އިދާރާގައި ކުރަންޖެހޭ ޕްރޮޖެކްޓް ތަކާބެހޭ އެންމެހާ މަސަކަތްތަކަށް ބޭނުންވާ ލަފަޔާއި މަޝްވަރާކައުންސިލަށް ދިނުން.

3- ރަށުގައި ހިންގިދާނެ ޕްރޮޖެކްޓްތަކަކީ ކޮބައިތޯ ބަލައި ދިރާސާކޮށް ކައުންސިލްގެ މަޝްވަރާއާއެކު ރަށަށް ފައިދާހުރި ޕްރޮޖެކްޓެއް ހިންގުމަށް ބޭނުންވާ އެންމެހައި މަސައްކަތް ތަށް ކުރުން .

4- ޕްރޮޖެކްޓްތަށް ހަމަޖެހިފައިވާ ޤަވައިދުތަކާ އެއްގޮތަށް އެކުލަވާލުން .

5- ޕްރޮޖެކްޓްތަށް އެކުލަވާލުމަށް ފަހު ބަޖެޓާ އެހީ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރުން.

6- މިއިދާރާގެ ޕްރޮޖެކްޓްތަކާ ސަރުކާރުންހިންގަވާ ޕްރޮޖެކްޓްތަށް ޤަވައިދާ އެއްގޮތަށް ދެފުށްފެންނަ ގޮތަށްތެދުވެރިކަމާއެކު ހަވާލްކޮށް ހިންގެވުމާއި އަޅަންޖެހޭ ފިޔަވަޅުތަށް އަޅާ ބެލެހެއްޓުން .

7- ސީދާ ޕްރޮޖެކްޓަކަށް ނުވިނަމަވެސް އިދާރާއިން ކުރަންޖެހޭ ޕްރޮޖެކްޓްތަކައި   ގުޅުންހުންނަ މަސައްކަތްތަށް ކުރުން.

8- އިދާރާއިން ބަލަހައްޓަންޖެހޭ ޢިމާރާތްތަކާއި  ނިމިފައިހުންނަ ޕްރޮޖެކްޓް ތަކުގެ ޚިދްމަތް މެދުނުކެނޑި ދެވޭގޮތަށްކުރަންޖެހޭ މަރާމާތު ތަށް ކުރުމާބެހޭ މަސައްކަތްތަށް ހިންގާ ބެލެހެއްޓުން .

9-ހިނގައި ނިމިފައިހުންނަ ޕްރޮޖެކްޓްތަކާ ހިނގަމުންދާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށްދިނުމާއި ޕްރޮޖެކްޓްތަކާ ބެހޭ ތަފާސްހިސާބު ބެލެހެއްޓުން .                                          

10- މިދާއިރާއިން ހަދަންޖެހޭ  އެކިބާވަތުގެ  އެގްރިމެންޓްތައް ތައްޔާރުކުރުމާއި އެކަންކަމާއި ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުން.  

11-އެއްބުރިއައް ވުރެ އުސްކޮށްކުރެވޭ އިމާރާތައް ހުއްދަދިނުމާއި ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން ހިމެނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް  :

             ތައުލީމާއި ،ތަމްރީން ،އިމްތިޙާން، މަސައްކަތު ތަޖްރިބާ ،މަސައްކަތުގެ ހުނަރާއި ،ފެންވަރާއި ޤާބިލްކަމައި ސިފަތަށް  މިބައިތަކުން އެންމެމަތިން ސްކޯކުރާ ފަރާތް : (މެރިޓް އުޞޫލުން )

ހުށަހަޅަންޖެހޭ ލިޔުންތައް: 

1-     ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

2-     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ މެއިލް އެޑްރެސް ހިމެނޭގޮތަށް)

3-     ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-     ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލައި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމައި މެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5-     ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ    (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6-  ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7-  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8-  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

  (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ   އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް، އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު  ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

      ވަޒީފާއަށް އެދޭ ފޯމު ކުޑަހުވަދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ http://www.csc.gov.mvވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 އޮގަސްޓް 07 ވާ ހޯމަދުވަހުގެ 14.00 ގެ ކުރިން، ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި ،މުއްދަތު :

          މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2017 އޮގަސްޓް 13 އާއި 2017 އޮގަސްޓް 17 އާ ދެމެދު، މަލްޓިޕާޕަސްގެ ބިލްޑިންގ  ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރިޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން: މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

       މި މަޤާމަށް އެދިފައިވާ މީހާއަށް، ވަޒީފާއަށް ވަނުމަށް އެންމެ ގާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

 އިތުރު މަޢުލޫމާތު ހޯދުން:

       މި އިޢުލާނާ ގުޅިގެން  މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  6760522 ނަންބަރު ފޯނާއެވެ. އީމެއިލްކުރައްވާނީ [email protected] އަށެވެ.

          07 ޒުލްޤައިދާ 1438 ހ

           30 ޖުލައި 2017 މ

 

30 ޖުލައި 2017
ހޯދާ