ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
މާލެ، ދިވެހިރާއްޖެ
ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ)
ގްރާންޓް ނަންބަރ: TF019383
ނަންބަރ: IUL) 438/438/2017/155)
ތާރީޙް: 30 ޖުލައި 2017
ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
އެގްޒިޓް ސްޓްރެޓަޖީ ކޮންސަލްޓަންޓް
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ވާރލްޑް ބޭންކާއި ގުޅިގެން ހިންގަމުންގެންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ) މަޝްރޫޢުގެ ދަށުން ކޮންޓްރެކްޓް އުޞޫލުން އެގްޒިޓް ސްޓްރެޓަޖީ ކޮންސަލްޓަންޓެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.
އެގްޒިޓް ސްޓްރެޓަޖީ ކޮންސަލްޓަންޓްގެ މަސައްކަތަކީ މިމިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުން ހިންގާ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓްގެ އެގްޒިޓް ސްޓްރެޓަޖީ ތައްޔާރުކޮށް މި ޕްރޮޖެކްޓް ނިމުމުން މި ޕްރޮޖެކްޓްގެ ކޮމްޕޯނަންޓްތަކުގެ މަސައްކަތް ދެމެހެއްޓެނިވިގޮތެއްގައި ކުރިޔަށްގެންދާނެގޮތާއި، މަސައްކަތްތައް ކުރިޔަށްގެންދިޔުމަށް ފައިސާ ހޯދޭނެ ނިޒާމެއް ތަރައްޤީކުރުމެވެ.
މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ މައިގަނޑު ޝަރުތުތަކަކީ:
- އެންވަޔަރަންމެންޓަލް މެނޭޖްމަންޓް، ނުވަތަ ޕަބްލިކް/ އެންވަޔަރަންމަންޓް އެޑްމިނިސްޓްރޭޝަން ދާއިރާއިން މަދުވެގެން ޔުނިވަރސިޓީ ޑިގްރީއެއް ހާސިލްކޮށްފައިވުން.
- މަސައްކަތުގެ ދާއިރާއިން މަދުވެގެން (10) ދިހަ އަހަރުގެ ތަޖުރިބާ ލިބިފައިވުން.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަންސް އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީގެ ފަރާތުން ހުޅުވާލަމެވެ. މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.
މީހުން ހޮވުމުގައި ޢަމަލުކުރެވޭނީ ވޯލްޑް ބޭންކުގެ ކޮންސަލްޓަންޓުން ހޮވުމަށާއި ވަޒީފާ ހަމަޖެއްސުމަށް ޖަނަވަރީ 2011ގައި ތައްޔާރުކޮށް ޖުލައި 2014ގައި އިސްލާހުކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މި މަސައްކަތުގެ މުއްދަތަކީ ބާރަ (12) ހަފްތާއެވެ. އަދި މިމަސައްކަތައް ހޮވޭފަރާތުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް/ސެޕްޓެމްބަރ 2017 ގައެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 އޮގަސްޓް 14 ވަނަދުވަހުގެ 14:00ގެ ކުރިން، "އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ އެޑްރެހަށް ލިއުއްވުން އެދެމެވެ.
ޕްރޮޖެކްޓް މެނޭޖަރ
ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފޯނު: 3018412 960+
އީމެއިލް: [email protected]