މަޤާމް:
|
ޑިރެކްޓަރ
|
މަޤާމުގެ ނަންބަރު:
|
J-251405
|
ބޭނުންވާ އަދަދު:
|
1
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
EX 1
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޑިރެކްޓަރ
|
ސެކްޝަން
|
ޕޮލިސީ، ޕްލޭނިންގ އެންޑް މޮނިޓަރިން ޑިވިޜަން
|
މަޤާމު އޮތް އޮފީސް:
|
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
|
މުސާރަ:
|
މަހަކު -/8835 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
މަހަކު -/2000 ރުފިޔާ
|
އިތުރު ޢިނާޔަތްތައް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ޑިވިޜަންގެ މަސައްކަތްތަކުގެ ގޮތުގައި ކަނޑައެޅިފައިވާ އެންމެހައި މަސައްކަތްތައް ދުވަހުން ދުވަހަށް ހިނގަމުންދާގޮތް ބަލައި، މަސައްކަތުގައި މުވައްޒަފުންނަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުމާއި، ކަމާބެހޭ ޤާނޫނުތަކާއި، ޤަވާއިދުތަކާއި، އުޞޫލުތަކާއި، މިންގަނޑުތަކާ އެއްގޮތަށް މަސައްކަތްތައް ދާކަން ކަށަވަރު ކުރުމާއި، މަސައްކަތް ހަލުވިކޮށް އިޞްލާޙު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- މިނިސްޓްރީ އާއި މިނިސްޓްރީގެ އެކިއެކި ދާއިރާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ތަރައްޤީ ކުރުމަށް ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ލަފާ އާއި އެހީ ހޯދުން.
- މިނިސްޓްރީ އަދި މިނިސްޓްރީއާއި ގުޅުންހުރި އެކިއެކި ދާއިރާތަކުން ރާއްޖެއަށް ފައިދާ ކުރުވަނިވި ކަންކަމުގައި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާ ގުޅުން ބަދަހިކުރުން.
- މިނިސްޓްރީގެ މަސައްކަތްތަކާ ގުޅުންހުރި، ރާއްޖޭގެ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، ގަވާއިދުތަކާއި އެއްބަސްވުންތަކުގައި ހިމެނޭ މަސައްކަތްތައް ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ވިލަރެސްކުރުމާއި މި މަސައްކަތްތައް އިސްކޮށް ހިންގައި ބެލެހެއްޓުން.
- މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ ތަންތަނުން ރާއްޖޭން ބޭރުގައި ތަމްސީލް ކުރަންޖެހޭ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އެންމެހައި އިންތިޒާމް ހަމަޖެއްސުމާއި، މަސައްކަތް ވިލަރެސްކުރުން.
- މިނިސްޓްރީ އާއި މިނިސްޓްރީ ދަށުން ހިނގާ ތަންތަނުން ރާއްޖޭން ބޭރުގައި ތަމްސީލް ކުރަންޖެހޭ ބައްދަލުވުންތަކަށް ބޭނުންވާ ޓޯކިންގ ޕޮއިންޓްސް އާއި ސްޕީޗް އަދި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުން.
- މިނިސްޓްރީ އާއި މިނިސްޓްރީ ދަށުން ހިނގާ ތަންތަނުން ރާއްޖޭން ބޭރުގައި ބައިވެރިވާ ބައްދަލުވުންތަކުގައި ނިންމާ ކަންކަން ފޮލޯއަޕް ކުރުމާއި، ކަމާބެހޭ ޑިޕާރޓްމަންޓްތަކާއި ތަންތަނާއި ގުޅިގެން، އެ ނިންމުންތައް ތަންފީޒު ކުރުމުގެ މަސައްކަތް ވިލަރެސްކުރުން.
- ރާއްޖެއިން ބައިވެރިވެފައިވާ މުޢާހަދާތަކުގެ ތެރެއިން މިނިސްޓްރީއާ ގުޅުންހުރި މުޢާހަދާތަކާބެހޭ ރިޕޯޓް ހުށައަޅަން ޖެހޭ މުއްދަތުގެ ތެރޭގައި ހުށައެޅުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތަކުގައި ކަމާގުޅޭ ދާއިރާތަކާއެކު މަސައްކަތްކުރުން.
- ރާއްޖެއިން ބައިވެރިވެފައިވާ މުޢާހަދާތަކުގެ ތެރެއިން މިނިސްޓްރީއާ ގުޅުންހުރި މުޢާހަދާތަކާބެހޭ ރިޕޯޓް ހުށައަޅަންޖެހޭ މުއްދަތުގެ ތެރޭގައި ހުށައެޅުމަށް ހަރުދަނާ މޮނިޓަރިންގ ނިޒާމެއް ޤާއިމްކުރުމާއި، ރިޕޯޓްކުރަންޖެހޭ މުއްދަތުތަކަށް ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވުން.
- ދިވެހިރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާޙަދާ، ޑިކްލަރޭޝަން އަދި ރިޒޮލިއުޝަންތަކާ ގުޅިގެން ބާއްވާ ބައްދަލުވުންތަކަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، މިފަދަ ބައްދަލުވުންތަކާ ގުޅޭ ފަރާތްތަކާ ވިލަރެސްކޮށް ކަމާއިބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުން.
- އިންސާނީ ޙައްޤުތަކާ ބެހޭގޮތުން ރާއްޖެއިން ތައްޔާރުކުރަންޖެހޭ "ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު" ރިޕޯރޓުތައް ގަވާއިދުން ތައްޔާރުކޮށް ނިންމުމާއި އެރިޕޯރޓުތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
- އަލަށް އެކުލަވާލެވޭ އިންސާނީ ޙައްޤުތަކާބެހޭ މުޢާޙަދާތައް އެކުލަވާލުމުގައި ސަރުކާރުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް ދޭންޖެހޭ އެހީތެރިކަމާ އެއްބާރުލުން ދިނުމާއި، މަސައްކަތްކުރުން.
- މިނިސްޓްރީ އާއި މިނިސްޓްރީ ދަށުން ހިނގާ ތަންތަނުން ރާއްޖޭން ބޭރުގައި ބައިވެރިވާ ބައްދަލުވުންތަކުގައި ނިންމާ ކަންކަން ފޮލޯއަޕް ކުރުމާއި، ކަމާބެހޭ ޑިޕާރޓްމަންޓްތަކާއި ތަންތަނާއި ގުޅިގެން އެ ނިންމުންތައް ތަންފީޒުކުރުމުގެ މަސައްކަތް ވިލަރެސްކުރުން.
- ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް ޑިވިޜަންގައި މަސައްކަތްކުރާ މުވައްޒަފުންގެ އެންމެހައި ކަންކަން ސުޕަވައިޒްކޮށް ބެލެހެއްޓުމާއި، އެ މަސައްކަތްކުރުމަށް ޑިވިޜަންގެ ވެރިންނަށް އެހީތެރިވެދިނުން.
- އޮފީހުގެ މަސައްކަތުގެ ދާއިރާއިން ހިމެނޭ އެންމެހައި މަސައްކަތްތައް ކުރުން.
|
|
މަޤާމުގެ ޝަރުތުތައް:
|
1. ސޯޝަލް ޕޮލިސީ، ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް، ސައިކޮލޮޖީ، ސޯޝަލް ސައިންސް، ރިސާރޗް، މެނޭޖްމަންޓު މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،
ނުވަތަ
2. ސޯޝަލް ޕޮލިސީ، ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް، ސައިކޮލޮޖީ، ސޯޝަލް ސައިންސް، ރިސާރޗް، މެނޭޖްމަންޓު މިއިން ދާއިރާއަކުން ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،
ނުވަތަ
3. ސޯޝަލް ޕޮލިސީ، ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް، ސައިކޮލޮޖީ، ސޯޝަލް ސައިންސް، ރިސާރޗް، މެނޭޖްމަންޓު މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތައް)
- ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 އޮގަސްޓު 2017 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
|
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އަދި ޕްރެކްޓިކަލް ޓެސްޓް އޮންނާނީ، 2017 އޮގަސްޓު މަހާއި 2017 ސެޕްޓެމްބަރު މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވުވެގެން ތިބުން އެދެމެވެ.
މި މަޤާމަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުން އިންޓަރވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅަން ޖެހޭނެއެވެ. ޕްރެޒެންޓޭޝަނާއި ބެހޭ އިތުރު މައުލޫމާތުތައް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ހިއްސާ ކުރެވޭނެއެވެ.
|
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:
|
30%(ތިރީސް އިންސައްތަ).
|
|
އިތުރު މަޢުލޫމާތު ހޯދުން:
|
މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027521 ނަންބަރު ފޯނަށް، ނުވަތަ 3027551 ނަންބަރު ފޯނަށެވެ.
|
|
|
07 ޛުލްޤަޢިދާ 1438ހ
30 ޖުލައި 2017މ
|
|