އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ ސިޓީގައި ހިންގާ ހޮސްޕިޓަލިޓީ ސްކިލްސް ޓްރެއިނިން ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުން

އިޢުލާން

އައްޑޫ ސިޓީގައި ހިންގާ ހޮސްޕިޓަލިޓީ ސްކިލްސް ޓްރެއިނިން ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުން

އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން 06 އެޕްރީލް 2017  ވަނަ ދުވަހު ކުރެވުނު އިޢުލާން (ނަމްބަރ: 2/2017/6/IUL)WDC) އާއި ގުޅިގެން މިކޯހަށް ކުރިމަތިލުމަށް ހުޅުވާލެވުނު ފުރުޞަތަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީވެ އެއިޢްލާން ބާތިލްކޮށް އަލުން އިޢްލާން ކުރަމެވެ.

އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އައްޑޫ ސިޓީގައި އައްޑޫގެ ޒުވާން އަންހެން ބޭފުޅުންނަށް އަމާޒުކޮށްގެން ހޮސްޕިޓަލިޓީ ސްކިލްސް ޓްރެއިނިން ޕްރޮގްރާމެއް  ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެހެން ކަމުން މި ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ. އެގޮތުން އައްޑޫސިޓީގައި ހިންގާ މިކޯހަށް ދާއިރާތަކުން ޖާގަދިނުމަށް ކަނޑައެޅިފައިވަނީ އައްޑޫސިޓީގެ ދާއިރާ ތަކުން ތިރީގައި މިދަންނަވާ ގޮތަށެވެ.

ހިތަދޫ އުތުރު ދާއިރާ      03 ފުރުޞަތު

ހިތަދޫ މެދު ދާއިރާ       03 ފުރުޞަތު

ހިތަދޫ ދެކުނު ދާއިރާ      03 ފުރުޞަތު

މަރަދޫ ދާއިރާ          03 ފުރުޞަތު

ފޭދޫ ދާއިރާ           03 ފުރުޞަތު

މީދޫ ދާއިރާ           03 ފުރުޞަތު

ހުޅުދޫ ދާއިރާ          03 ފުރުޞަތު

ކޯހަށް ކުރިމަތިލުމުގެ ޝަރުތު: ގްރޭޑް 07 ގެ ފެންވަރު ހުރުން.

ކޮންމެ ދާއިރާއަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 03 ފޯމެވެ. ފޯމް ދޫކުރުމާއި ބަލައިގަންނާނީ އައްޑޫސިޓީގެ އަވަށު އޮފީސް ތަކުންނެވެ. ފޯމް ދޫކުރާނީ 30 ޖުލައި 2017 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެންނެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 06 އޯގަސްޓް 2017 ވާ  އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އައި.ޑީ.ކާޑުގެ ކޮޕީއަކާއިއެކު ފޯމް ހުށަހެޅުއްވުން އެދެމެވެ.

02 ޛުލްޤައިދާ 1438

25 ޖުލައި 2017
ހޯދާ