ދިވެހިރާއްޖެ
އިޢުލާން
ލ.ކުނަހަންދޫ ގެސްޓު ހައުސްއަށް ހަދާ އިމާރާތުގައި އިތުރު މަސައްކަތް ކުރަން އަންދާސީ ހިސާބު ބޭނުން ވެއްޖެ
ހައްދުންމަތީ ކުނަހަންދޫ ކައުންސިލުން އިޢުލާން ކޮށްފައިވާ ގެސްޓު ހައުސްއަށް ހަދާ އިމާރާތުގައި އިތުރު މަސައްކަތް ކުރަން އަންދާސީ ހިސާބު ބޭނުންވެގެން ކުރި ނަންބަރ 405-A/2016/50 (01.12.2016) އިޢުލާނަށް ބިޑް ހުށައަޅައި ބިޑު ލިބުނުފަރާތުން ހުށައަޅާފައިވާ އަގު ބޮޑު ވުމުން އިޢުލާން ބާޠިލްކުރުމަށްފަހު އިޢުލާން ކުރީމެވެ.
ލ.ކުނަހަންދޫ ގެސްޓު ހައުސްއަށް ހަދާ އިމާރާތުގައި އިތުރު މަސައްކަތް ކުރަން އަންދާސީ ހިސާބު ބޭނުން ވެއްޖެއެވެ.
ވީމާ، މިފަދަ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.
* މަޢުލޫމާތު ސާފުކުރުން: 31 ޖުލައި 2017 ވާ ހޯމަ ދުވަހުގެ 11:00 އަށް
* އެސްޓިމޭޓް ހުށަހެޅުން: 03 އޮގަސްޓް 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.
02 ޒުލްގައިދާ 1438
25 ޖުލައި 2017