ދިވެހިރާއްޖެ
މިއޮފީހުގެ ނަންބަރު (IUL)460-PR/460/2017/8 (16 ޖުލައި 2017) ޢިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގުތައް އެކަށީގެންވާ ވަރަށް ވުރެ ބޮޑުކަމަށް ފެންނާތީ މިއޮފީހުގައި ބޭނުންކުރާ އެއަރކޮންޑިޝަންތައް 1 އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
މަޢުލޫމާތު ސާފުކުރެއްވުން:
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2017 ޖުލައި 31 ވާ ހޯމަ ދުވަހުގެ ހެނދުނު 10.00 އަށް މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުން:
2017 އޮގަސްޓު 2 ވާ ބުދަ ދުވަހުގެ ހެނދުނު 10.00 އަށް މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އޮފީސް: އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް
ގ.ބިއްލޫރިޖެހިގެ
މަޖީދީމަގު
ފޯން: 3010990
ފެކްސް: 3010959
2 ޛުލްޤަޢިދާ 1438