މާއުނގޫދޫ ސްކޫލް
ދިވެހިރާއްޖެ
Administrative Officer

މާއުނގޫދޫ ސްކޫލް
ށ.މާއުނގޫދޫ، ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 GS106/2017/IU/0031ނަންބަރު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ


ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

2

މުސާރަ:

-/5020 ރ

ސާރވިސް އެލަވަންސް:

-/1500 ރ

މަޤާމުގެ ރޭންކް:

ޖީ. އެސް 4

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އޮތް އޮފީސް:

މާއުނގޫދޫ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް

މާއުނގޫދޫ ސްކޫލް / ށ.މާއުނގޫދޫ

ވަޒީފާގެ ގިންތި

ދާއިމީ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އިދާރީ

 

ޝަރުޠު

1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/  އިންފޮރމޭޝަން ޓެކްނޮލޮޖީ/ ހިއުމަން ރިސޯސް މެނޭޖްމަންޓް/ އެކައުންޓިން/ ފައިނޭންސް އަދި ބިޒްނަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް.

  1. އިދާރީ ލިޔެކިޔުންތައް ބެލެހެއްޓުމާއި ދަރިވަރުންނާއި މުވައްޒަފުންގެ މަޢުލޫމާތު ބެލެހެއްޓުން.
  2. ސްކޫލަށް ލިބޭ ސިޓީ މެސެޖް ފަދަ ތަކެތި ބަލައިގަނެ އެންޓްރީކޮށް ފައިލް ކުރަންޖެހޭ ލިޔެކިޔުންތައް ޤަވައިދުން ފައިލްކުރުން.
  3. ޤަވައިދާ އެއްގޮތަށް ސްޓޮކް ބެލެހެއްޓުމާއި ސްކޫލްގެ އިސްވެރިއެއްގެ މަޝްވަރާގެ މަތިން ސްކޫލަށް ބޭނުންވާ ތަކެތި ސްޓޮކަށް ހޯދުން.
  4. ދަރިވަރުން އެޑްމިޝަން ރަޖިސްޓްރޭޝަންއާއި ދަރިވަރުންގެ ލީވިންގ ހެއްދުމާއި ދޫކުރުން.
  1. ކޮންމެ ދުވަހެއްގެ އޮފީސް ބަންދުވުމުގެ ކުރިން، ކުރީދުވަހުގެ ޔައުމިއްޔާ ލިޔުން.
  1. އެކިއެކި ފަރާތްތަކަށް ސްކޫލުން ލިޔާ ސިޓީ، މެސެޖް ދެވިފައިވާ އިރުޝާދާއި އެއްގޮތައް ލިޔުމާއިއެކު ފޮނުވުން.
  2. އޮފީހުން ހަވާލުކުރެވޭ އިދާރީ އެހެނިހެން މަސައްކަތްތަށް ކުރުން.
  3. ސެކްޝަނުގެ މުވައްޒަފަކު ޗުއްޓީ ނަގާނަމަ، އެމުވައްޒަފަކު ޗުއްޓީ ނިންމުމަށްފަހު އޮފީހަށް ނުކުންނަންދެން، އެމުވައްޒަފު ކުރަމުންގެންދާ މަސައްކަތްތައް ކުރުން.

އިތުރު ޢިނާޔަތްތައް:

ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އަދި އެހެނިހެން އެލަވަންސް ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަ­ށް އިންޓަވިއު ކޮށްގެން.

އިންޓަވިއު ކުރުން

  1. މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން އަދި ގަޑި، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
  2. އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަށް ޝޯޓްލިސްޓު ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.
  3. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކާއެވެ. މި މަޢުލޫމާތުތައް ފުރިހަމަނުވާ އެޕްލިކޭޝަން ފޯމު ބާޠިލު ކުރެވޭނެ ވާހަކަދަންނަވަމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު ) މާއުނގޫދޫ ސްކޫލުން ލިބިވަޑައިގަންނަވާނެ އަދި ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓް (www.csc.gov.mv) އިން ޑައުންލޯޑް ކުރެވޭނެއެވެ.
  2. ތަޢުލީމީ ސެޓުފިކެޓު ތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަން ޖެހިވަޑައިގަންނަވާ ސެޓުފިކެޓުތައް އެކްރެޑިޓް ކުރައްވާ)
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ސިވިލް ސާރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާ ކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  5. ވަޒީފާއެއް އަދާކުރައްވާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާ ފަރާތެއްނަމަ ވަޒީފާގައި އޮތް މަސްއޫލިއްޔަތު އެނގޭނެ ލިޔުމެއް ހުށަހެޅުއްވުން.
  6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ނަންބަރާއެކު )

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

  1. މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު މާއުނގޫދޫ ސްކޫލް އޮފީހަށެވެ.
  2. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ  30  ޖުލައި 2017 ވާ އާދިއްތަ ދުވަހުގެ 14:00ގެކުރިންނެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ށ.މާއުނގޫދޫ ސްކޫލް ނަންބަރު 6540554 ފޯނަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

 

26 |ޝައްވާލް 1438                                                          އިބްރާހިމް ޞަލާހް                                               

20 ޖުލައި2017                                                          އެކްޓިންގ ޕްރިންސިޕަލް             

25 ޖުލައި 2017
ހޯދާ