މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ހުޅުމާލެ ޑިޓެންޝަން ސެންޓަރގައި މަސައްކަތްކުރާ މުވައްޒަފުންނާއި ބަންދުގައި ތިބޭ ޤައިދީންނަށް ކޮއްތު ކައްކާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ އެދިލެއްވުމުގެ މަތިން، ހުޅުމާލެ ޑިޓެންޝަން ސެންޓަރގައި މަސައްކަތްކުރާ މުވައްޒަފުންނާއި ބަންދުގައި ތިބޭ ޤައިދީންނަށް ކޮއްތު ކައްކާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރ (IUL) 13-K/13/2017/115 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  2017 ޖުލައި 24 އިން 2017 އޮގަސްޓް 3 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.  

3. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2017 އޮގަސްޓް 3 ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ފޮނުއްވުންއެދެމެވެ.

4. ބިޑް ހުޅުވުން އޮންނާނީ 2017 އޮގަސްޓް 10 ވާ ބުރާސްފަތި ދުވަހުގެ 09:00ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރ އެންޑް ޕްރޮޖެކްޓް މޮނިޓަރިންގގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

5. މިޕްރޮޖެކްޓްއާއި ގުޅޭ އެންމެހާ މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

6. މިޕްރޮޖެކްޓް ކާމިޔާބުކުރާ ފަރާތްތަކުން ކައްކާ ކާންދިނުމުގެ ކަންތައްތައް އިންތިޒާމް ކުރަންޖެހޭނީ ހުޅުމާލޭގައިއެވެ. ރަށުން ބޭރުން ކައްކައިގެން ގެންދިއުމަށް ހުއްދައެއް ނުދެވޭނެއެވެ.

7. ހުށަހަޅާ އަންދާސީ ހިސާބު އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްޞީލް މިޕްރޮޖެކްޓްގެ މަޢުލޫމާތު ޝީޓުގައި ހިމެނިފައިވާނެއެވެ.

8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ އެންޑް ޕްރޮޖެކްޓް މޮނިޓަރިންގ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން : 3349106   3349125

އީ-މެއިލް : [email protected]

ކޮޕީ : [email protected]

24 ޖުލައި 2017
ހޯދާ