އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު (ބައި-އިލެކްޝަން 2017 އޮބްޒާވަރަކަށް ވުމަށް އެދި ފޯމު ހުށަހަޅާނެ ގޮތުގެ އުޞޫލު)

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު – ބައި-އިލެކްޝަން 2017

އޮބްޒާވަރަކަށް ވުމަށް އެދި ފޯމު ހުށަހަޅާނެ ގޮތުގެ އުޞޫލު

  • އޮބްޒާވަރަކަށް ވުމަށް އެދި ފޯމު ހުށަހަޅާނީ http://forms.elections.gov.mv  މި ލިންކް މެދުވެރިކޮށް އޮންލައިންކޮށެވެ.
  • ފޯމުގައި މަޢުލޫމާތު ފުރިހަމަކޮށް ހުށަހަޅަންވާނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ ގޮތަށެވެ.
  • ފޯމުގައި މަޢުލޫމާތު ފުރިހަމަކުރުމަށްފަހު ތިރީގައި މިދަންނަވާ ފައިލްތައް އަޕްލޯޑް ކުރަންވާނެއެވެ. އަދި އަޕްލޯޑްކުރެވޭ ފައިލްތަކުގެ ސައިޒު 1MB އަށް ވުރެ ބޮޑުވެގެން ނުވާނެއެވެ.

-      ކުލަކޮށް ސްކޭން ކޮށްފައިވާ، މުއްދަތު ހަމަނުވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް (PDF ފޯމެޓްގައި)

-      ނެގިތާ 3 މަސް ދުވަސް ނުވާ ޕާސްޕޯޓު ސައިޒުގެ ސާފު ކުލަ ފޮޓޯއެއް (JPEG ފޯމެޓްގައި އަދި ރިޒޮލިއުޝަން600Dpi ގައި، އަދި 35mm x 45mmގެ ސައިޒުގައި)

-      އިސްވެ ދެންނެވުނު ލިންކުން "އޮބްޒާވަރ ކަމަށް ކުރިމަތިލާ ފަރާތުގެ އިޤުރާރު" ޑައުންލޯޑް ކުރުމަށްފަހު ފުރިހަމަކޮށް ސޮއިކޮށްފައިވާ ސްކޭން ކޮޕީއެއް (PDF ފޯމެޓްގައި)

  • އޮބްޒާވަރުންނަށް ވުމަށް އެދި އޮންލައިންކޮށް ފޯމު ހުށަހެޅި ފަރާތްތަކަކީ ޖަމްޢިއްޔާ، ޖަމާޢަތްތަކުން ނުވަތަ ސިޔާސީ ޕާޓީއެއް ފަރާތުން އޮބްޒާވްކުރުމަށް ހުށަހަޅާ ފަރާތްތައްކަން ބަޔާންކޮށް ސިޓީއާ އެކު ލިސްޓު (އައިޑީކާޑު ނަންބަރު، ފުރިހަމަ ނަން، ދާއިމީއެޑްރެސް ރަށާ އެކު) އެ ޖަމްޢިއްޔާ، ޖަމާޢަތްތަކުން ނުވަތަ ސިޔާސީ ޕާޓީއަކުން ހުށަހަޅަންވާނެއެވެ. ހުށަހަޅާ ސިޓީއަކީ އެ ތަނެއްގެ ލެޓަރހެޑްގައި، އެތަނެއްގެ ތައްގަނޑު ޖެހި ސިޓީ އަކަށް ވާންވާނެއެވެ. އަދި ސިޓީއާ އެކު އެ ލިސްޓުގެ ސޮފްޓު ކޮޕީ (XLSX) ފޯމެޓްގައި ހިމެނޭ ސީޑީއެއް ހުށަހަޅަންވާނެއެވެ.  ސިޓީއާއި ލިސްޓު ހުށަހަޅާނީ ތިރީގައި މިދަންނަވާ ދެގޮތުންކުރެ އެއްގޮތަށެވެ.  

-      މާލޭގައިނަމަ އިލެކްޝަންސް ކޮމިޝަން އިދާރާގެ ރިސެޕްޝަނަށެވެ.

-      ނުވަތަ، [email protected]  މި އީމެއިލް އެޑްރެހަށެވެ.

-      ނުވަތަ، ބައި-އިލެކްޝަން ބޭއްވުމަށް ކަނޑައަޅާފައިވާ ދާއިރާ ނިސްބަތްވާ ރަށްރަށުގެ ފޯކަލް ޕޮއިންޓުންނަށެވެ.

  • އަމިއްލަ ގޮތުންނާއި ޖަމްޢިއްޔާ، ޖަމާޢަތްތަކުން އޮބްޒާވްކުރުމަށް ހުށަހަޅާ މީހެއްގެ ނަން ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި ހިމެނިފައިވާނަމަ، އެ ފޯމު ބާޠިލް ކުރެވޭނެއެވެ.
  • އޮންލައިންކޮށް ފޯމު ހުށަހަޅާއިރު ފުރިހަމަ ކުރަންޖެހޭ މަޢުލޫމާތު ފުރިހަމަ ނުވާނަމަ، ޞައްޙަ ނޫން މަޢުލޫމާތު ހުށަހަޅާފައިވާނަމަ،  ނުވަތަ އެޓޭޗް ކުރަންޖެހޭ އެއްވެސް އެއްޗެއް މަދުވާނަމަ ފޯމު ބާޠިލް ކުރެވޭނެއެވެ.

ނޯޓު: ފޯމު ފުރިހަމަކޮށް އޮންލައިންކޮށް ހުށަހެޅުމުން ލިބޭ ފޯމު ނަންބަރު ނޯޓު ކުރުމަށް ސަމާލުކަން ދޭންވާނެއެވެ.

23 ޖުލައި 2017
ހޯދާ