އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު (ބައި-އިލެކްޝަން 2017 މޮނިޓަރުކަމަށް އެދި ފޯމު ހުށަހަޅާނެ ގޮތުގެ އުޞޫލު)

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު – ބައި-އިލެކްޝަން 2017

މޮނިޓަރުކަމަށް އެދި ފޯމު ހުށަހަޅާނެ ގޮތުގެ އުޞޫލު

  • މޮނިޓަރުކަމަށް އެދި ފޯމު ހުށަހަޅާނީ http://forms.elections.gov.mv މި ލިންކް މެދުވެރިކޮށް އޮންލައިންކޮށެވެ.
  • ފޯމުގައި މަޢުލޫމާތު ފުރިހަމަކޮށް ހުށަހަޅަންވާނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ ގޮތަށެވެ.
  • ފޯމުގައި މަޢުލޫމާތު ފުރިހަމަކުރުމަށްފަހު ތިރީގައި މިދަންނަވާ ފައިލްތައް އަޕްލޯޑްކުރަންވާނެއެވެ. އަދި އަޕްލޯޑްކުރެވޭ ފައިލްތަކުގެ ސައިޒު 1MB އަށް ވުރެ ބޮޑުވެގެން ނުވާނެއެވެ.

-      ކުލަކޮށް ސްކޭން ކޮށްފައިވާ، މުއްދަތު ހަމަނުވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް (PDF ފޯމެޓްގައި)

-      ނެގިތާ 3 މަސް ދުވަސް ނުވާ ޕާސްޕޯޓު ސައިޒުގެ ސާފު ކުލަ ފޮޓޯއެއް (JPEG ފޯމެޓްގައި އަދި ރިޒޮލިއުޝަން600Dpi ގައި، އަދި 35mm x 45mmގެ ސައިޒުގައި)

-      އިސްވެ ދެންނެވުނު ލިންކުން "މޮނިޓަރ ކަމަށް ކުރިމަތިލާ ފަރާތުގެ އިޤުރާރު" ޑައުންލޯޑް ކުރުމަށްފަހު ފުރިހަމަކޮށް ސޮއިކޮށްފައިވާ ސްކޭން ކޮޕީއެއް (PDF ފޯމެޓްގައި)

  • މޮނިޓަރުންނަށް ވުމަށް އެދި އޮންލައިންކޮށް ފޯމް ހުށަހެޅި ފަރާތްތަކަކީ ނޫސް މަޖައްލާ ނުވަތަ އޭޖެންސީގެ ފަރާތުން މޮނިޓަރުކުރުމަށް ހުށަހަޅާ ފަރާތްތައްކަން ބަޔާންކޮށް ސިޓީއާ އެކު ލިސްޓު (އައިޑީކާޑު ނަންބަރު، ފުރިހަމަ ނަން، ދާއިމީއެޑްރެސް ރަށާ އެކު) ނޫސް މަޖައްލާ ނުވަތަ އޭޖެންސީން ހުށަހަޅަންވާނެއެވެ. ހުށަހަޅާ ސިޓީއަކީ އެ ތަނެއްގެ ލެޓަރހެޑްގައި، އެތަނެއްގެ ތައްގަނޑު ޖެހި ސިޓީއަކަށް ވާންވާނެއެވެ. އަދި ސިޓީއާ އެކު އެ ލިސްޓުގެ ސޮފްޓު ކޮޕީ (XLSX) ފޯމެޓްގައި ހިމެނޭ ސީޑީއެއް ހުށަހަޅަންވާނެއެވެ. އަދި ސިޓީއާ އެކު އެ ލިސްޓުގެ ސޮފްޓު ކޮޕީ (XLSX) ފޯމެޓްގައި ހިމެނޭ ސީޑީއެއް ހުށަހަޅަންވާނެއެވެ. ސިޓީއާއި ލިސްޓު ހުށަހަޅާނީ ތިރީގައި މިދަންނަވާ ދެގޮތުންކުރެ އެއްގޮތަށެވެ.

-      މާލޭގައިނަމަ އިލެކްޝަންސް ކޮމިޝަނުގެ އިދާރާގެ ރިސެޕްޝަނަށެވެ.

-       ނުވަތަ، [email protected]  މި އީމެއިލް އެޑްރެހަށެވެ.

-      ނުވަތަ، ބައި-އިލެކްޝަން ބޭއްވުމަށް ކަނޑައަޅާފައިވާ ދާއިރާ ނިސްބަތްވާ ރަށްރަށުގެ ފޯކަލް ޕޮއިންޓުންނަށެވެ.

  • އޮންލައިންކޮށް ފޯމު ހުށަހަޅާއިރު ފުރިހަމަ ކުރަންޖެހޭ މަޢުލޫމާތު ފުރިހަމަ ނުވާނަމަ، ޞައްޙަ ނޫން މަޢުލޫމާތު ހުށަހަޅާފައިވާނަމަ،  ނުވަތަ އެޓޭޗް ކުރަންޖެހޭ އެއްވެސް އެއްޗެއް މަދުވާނަމަ ފޯމު ބާޠިލް ކުރެވޭނެއެވެ.

ނޯޓު: ފޯމު ފުރިހަމަކޮށް އޮންލައިންކޮށް ހުށަހެޅުމުން ލިބޭ ފޯމު ނަންބަރު ނޯޓު ކުރެއްވުމަށް ސަމާލުކަން ދޭންވާނެއެވެ.

23 ޖުލައި 2017
ހޯދާ