އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު – ބައި-އިލެކްޝަން 2017 (ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް އެދި ފޯމު ހުށަހަޅާނެ ގޮތުގެ އުޞޫލު)

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު – ބައި-އިލެކްޝަން 2017

ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް އެދި ފޯމު ހުށަހަޅާނެ ގޮތުގެ އުޞޫލު

·         ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް އެދި ފޯމު ހުށަހަޅާނީ http://forms.elections.gov.mv މި ލިންކް މެދުވެރިކޮށް އޮންލައިންކޮށެވެ.

·         ފޯމުގައި މަޢުލޫމާތު ފުރިހަމަކުރަންވާނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ ގޮތަށެވެ.

·         އޮންލައިންކޮށް ފޯމުހުށަހަޅާއިރު، ފޯމުގައިވާ މަޢުލޫމާތު ފުރިހަމަކުރުމަށްފަހު ތިރީގައި މިދަންނަވާ ފައިލްތައް އަޕްލޯޑްކުރަންވާނެއެވެ. އަދި އަޕްލޯޑްކުރެވޭ ފައިލްތަކުގެ ސައިޒު 1MB އަށް ވުރެ ބޮޑުވެގެން ނުވާނެއެވެ.

ü      ސްކޭން ކޮށްފައިވާ،މުއްދަތު ހަމަނުވާ،ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް (PDF ފޯމެޓްގައި)

ü      ނެގިތާ 3 މަސް ދުވަސް ހަމަނުވާ ޕާސްޕޯޓު ސައިޒުގެ ސާފު ކުލަ ފޮޓޯއެއް(JPEG ފޯމެޓްގައި،ރިޒޮލިއުޝަން600Dpi ގައި، އަދި 35mm x 45mmގެ ސައިޒުގައި)

ü      އިސްވެ ދެންނެވުނު ލިންކުން "ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް ކުރިމަތިލާ ފަރާތުގެ އިޤުރާރު" ޑައުންލޯޑް ކުރުމަށްފަހު ފުރިހަމަކޮށް ސޮއިކޮށްފައިވާ ސްކޭން ކޮޕީއެއް (PDF ފޯމެޓްގައި)

ü      އިސްވެ ދެންނެވުނު ލިންކުން "ކެންޑިޑޭޓުގެ މަންދޫބު އައްޔަންކުރިކަމުގެ ލިޔުން" ޑައުންލޯޑް ކުރުމަށްފަހު ފުރިހަމަކޮށް ސޮއިކޮށްފައިވާ ސްކޭން ކޮޕީއެއް (PDF ފޯމެޓްގައި)

 

·         ފޯމު ހުށަހަޅާއިރު ފުރިހަމަ ކުރަންޖެހޭ މަޢުލޫމާތު ފުރިހަމަ ނުވާނަމަ، ނުވަތަ ޞައްޙަ ނޫން މަޢުލޫމާތު ހުށަހަޅާފައިވާނަމަ،ނުވަތަ އެޓޭޗް ކުރަންޖެހޭ އެއްވެސް އެއްޗެއް މަދުވާނަމަ ފޯމު ބާޠިލް ކުރެވޭނެއެވެ.

 

ނޯޓު: ފޯމު ފުރިހަމަކޮށް އޮންލައިންކޮށް ހުށަހެޅުމުން ލިބޭ ފޯމު ނަންބަރު ނޯޓު ކުރެއްވުމަށް ސަމާލުކަން ދޭންވާނެއެވެ.

 
23 ޖުލައި 2017
ހޯދާ