މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކަށް ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ.

 

މަޤާމް:

ރިސަރޗް އެސިސްޓެންޓް

ސެކްޝަން/ޑިވިޜަން:

މޮޑެލިންގް އެންޑް ފޯކާސްޓިންގް ސެކްޝަން/މަނިޓަރީ ޕޮލިސީ ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރު:

  • އިކޮނޮމިކްސް ނުވަތަ އިކޮނޮމެޓްރިކްސް ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައިވުން
  • މި ވަޒީފާއަށް މީހަކު ހޮވުމުގައި އިކޮނޮމެޓްރިކްސް މޮޑިއުލް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ޖީސީއީ އޯލެވެލްގެ އިނގިރޭސި މާއްދާ އިން ދަށްވެގެން "ބީ" ފާސް ލިބިފައިވުން

ހުނަރުވެރިކަން: 

ވަޒީފާއަށް މީހަކު ހޮވުމުގައި ތިރީގައިމިވާ ހުނަރު ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

  • އިކޮނޮމެޓްރިކް މޮޑެލްސް ހެދުމާއި މޮޑެލްސް ބޭނުންކޮށްގެން އެނަލައިސް ކުރުމުގެ ޤާބިލްކަން ލިބިފައިވުން
  • މައިކްރޯސޮފްޓް އެކްސެލް ބޭނުން ކޮށްގެން އެނަލިސިސް ހަދަން އެނގުން
  • އީ-ވިއުސް، ސްޓާޓާ އަދި އާރް ފަދަ ސްޓެޓިސްޓިކަލް ސޮފްޓްވެއަރ އަކަށް އަހުލުވެރިވެފައިވުން
  • އިޤްތިޞާދީ ދިރާސާކޮށް މަޢުލޫމާތު އެއްކޮށްގެން އިކޮނޮމިކް ރިޕޯޓް އަދި އިކޮނޮމިކް ކަރުދާސް ލިޔެ ތައްޔާރުކޮށް ޕްރެޒެންޓް ކުރުމުގެ ޤާބިލްކަން ލިބިފައިވުން
  • ދިވެހިބަހާއި އިނގެރޭސިބަހުން ފަރިތަކަމާއިއެކު މުއާމަލާތްކުރުމާއި ރިސަރޗް ޕޭޕަރ ލިޔުމުގެ ޤާބިލުކަންލިބިފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އިކޮނޮމިކް ރިސަރޗްއަށް ބޭނުންވާ އެކިއެކި މޮޑެލްތައް ހެދުމާއި ފޯކާސްޓިންގެ ދާއިރާ އިތުރަށް ތަރައްގީ ކުރުމާއި އިކޮނޮމެޓްރިކް އެނަލިސިސްތައް ހެދުމުގައި އެހީތެރިވެދިނުން

މުސާރަޔާއި އިނާޔަތްތައް:

16,000.00 – 19,600.00 ރުފިޔާ

މަޤާމް:

ރިސަރޗް އެސިސްޓެންޓް

ސެކްޝަން/ޑިވިޜަން:

ޕަބްލިކޭޝަންސް ސެކްޝަން/ރިސަރޗް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރު:

  • އިކޮނޮމިކްސް ނުވަތަ އިކޮނޮމިކްސްއާ ގުޅުުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައިވުން

ހުނަރުވެރިކަން: 

ވަޒީފާއަށް މީހަކު ހޮވުމުގައި ތިރީގައިމިވާ ހުނަރު ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

  • އިޤްތިޞާދު ދިރާސާކޮށް މަޢުލޫމާތު އެއްކޮށްގެން އިޤްތިޞާދާ ގުޅޭގޮތުން އެކިއެކި ރިޕޯޓް ލިޔެ ތައްޔާރުކޮށް ޕްރެޒެންޓް ކުރުމުގެ ހުނަރު ހުރުން.
  • އިޤްތިޞާދީ، ބޭންކިން އަދި ފައިނޭންޝަލް ދާއިރާއާ ގުޅޭ ތަފާސް ހިސާބުތަކަށް އަހުލުވެރިވެފައިވާ، މިފަދަ ހިސާބުތައް ދިރާސާކުރުމުގެ ހުނަރު ހުރުން.
  • މައިކްރޯސޮފްޓް އެކްސެލް ބޭނުން ކޮށްގެން އެނަލިސިސް ހަދަން އެނގުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭ އިން ތައްޔާރުކުރާ އެކިއެކި ޕަބްލިކޭޝަންސްތައް ތައްޔާރު ކުރުމުގައި އެހީތެރިވެދިނުން.

މުސާރަޔާއި އިނާޔަތްތައް:

16,000.00 – 19,600.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން:

ޕަބްލިކް ޑެޓް ޔުނިޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީފެންވަރާއި ހުނަރު:

  • އެކައުންޓިން އެންޑް ފައިނޭންސް ނުވަތަ އިކޮނޮމިކްސް އެންޑް ފައިނޭންސް ގެ ދާއިރާ އިން ފުރަތަމަ ޑިގްރީ ހާޞިލް ކޮށްފައިވުން.
  • މާލީ ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  •  ސަރުކާރުގެ އޭޖެންޓެއްގެ ހައިސިއްޔަތުން ސެކިއުރިޓީސް އިޝޫކުރުމާ ގުޅޭ އެންމެހާ މަސައްކަތްތައް.

މުސާރަޔާއި އިނާޔަތްތައް:

16,000.00 – 19,600.00 ރުފިޔާ

މަޤާމް:

އޮފިސަރ 

ސެކްޝަން/ޑިވިޜަން:

ޑިވެލޮޕްމެންޓް އެންޑް ޓެކްނޮލޮޖީ ޕްރޮޖެކްޓްސް ސެކްޝަން / ޓެކްނޮލޮޖީ ސަރވިސަސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ހުނަރު:

  • ޖީސީއީ އޭލެވެލް އިމްތިހާނުގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލް ކޮށްފައިވުންް ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ޑިޕްލޮމާއެއް ހާޞިލް ކޮށްފައިވުން
  • މި ވަޒީފާއަށް މީހަކު ހޮވުމުގައި ކޮމްޕިއުޓަރ ޕްރޮގްރާމް ލިޔުމަށް ޝަޢުޤުވެރިވާ އަދި އެކަމުގެ ހުނަރު ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޕްރޮގްރާމްތައް ލިޔުމުގައި އެހީތެރިވެދިނުން.

މުސާރައާއި އިނާޔަތްތައް:

9,000.00 – 12,000.00 ރުފިޔާ

މަޤާމް:

އޮފިސަރ

ސެކްޝަން/ޑިވިޜަން:

ޑޮމެސްޓިކް އޮޕަރޭޝަންސް ސެކްޝަން / ބޭންކިންގ އެންޑް ޕޭމަންޓްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

02 (ދޭއް)

ތަޢުލީމީ ފެންވަރާއި ހުނަރު:

  • ޖީސީއީ އޭލެވެލް ބިޒްނަސް ސްޓްރީމްގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލް ކޮށްފައިވުން
  • ދިވެހިބަހާއި އިނގެރޭސިބަހުން ފަރިތަކަމާއިއެކު މުއާމަލާތްކުރަން އެނގުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމް.އެމް.އޭ އިން ހިންގާ ދިވެހި ފައިސާގެ މުޢާމަލާތްތަކާބެހޭ މަސައްކަތް ކުރުން.

މުސާރަޔާއި އިނާޔަތްތައް:

9,000.00 – 12,000.00 ރުފިޔާ

މަޤާމް:

އޮފިސަރ 

ސެކްޝަން/ޑިވިޜަން:

ޕޭމަންޓް އެންޑް ސެޓްލްމެންޓް ސެކްޝަން / ބޭންކިންގ އެންޑް ޕޭމަންޓްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

02 (ދޭއް)

ތަޢުލީމީ ފެންވަރާއި ހުނަރު:

  • ޖީސީއީ އޭލެވެލް ބިޒްނަސް ސްޓްރީމްގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލް ކޮށްފައިވުން
  • ދިވެހިބަހާއި އިނގެރޭސިބަހުން ފަރިތަކަމާއިއެކު މުއާމަލާތްކުރަން އެނގުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މޯލްޑިވްސް ރިއަލް ޓައިމް ގްރޮސް ސެޓްލްމެންޓް ސިސްޓަމާއި، އޮޓޮމޭޓެޑް ކްލިއަރިންގ ހައުސްއާއި ސްވިފްޓް ސިސްޓަމްއާ ގުޅޭ އިދާރީ މަސައްކަތްތައް ސުޕަވައިޒްކުރުމަށް އެހީތެރިވުން.

މުސާރަޔާއި އިނާޔަތްތައް:

9,000.00 – 12,000.00 ރުފިޔާ

މަޤާމް:

އޮފިސަރ 

ޑިވިޜަން:

ފޮރިން އޮޕަރޭޝަންސް ސެކްޝަން / ބޭންކިންގ އެންޑް ޕޭމަންޓްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ހުނަރު:

  • ޖީސީއީ އޭލެވެލް ބިޒްނަސް ސްޓްރީމްގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލް ކޮށްފައިވުން
  • ދިވެހިބަހާއި އިނގެރޭސިބަހުން ފަރިތަކަމާއިއެކު މުއާމަލާތްކުރަން އެނގުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭ އިން ހިންގާ ބޭރު ފައިސާގެ މުޢާމަލާތްތަކާބެހޭ މަސައްކަތް ކުރުން.

މުސާރަޔާއި އިނާޔަތްތައް:

9,000.00 – 12,000.00 ރުފިޔާ

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓްގެ ކޮޕީ (ލިބިފައިވާނަމަ)
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް
  • މަނިޓަރީ ޕޮލިސީ ޑިވިޜަނަށާއި ރިސަރޗް ޑިވިޜަންގެ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން އިކޮނޮމިކް މަޒުމޫނެއް ނުވަތަ ރިސާރޗް ޕޭޕަރެއް ތަޢުލީމީ އިދާރާއަކަށް ނުވަތަ އެހެން ފަރާތަކަށް ހުށަހަޅާފައި ވާނަމަ އޭގެ ކޮޕީއެއް ހުށަހެޅުމަކީ އެދެވިގެންވާ ކަމެކެވެ.

ސުންގަޑި

30 ޖުލައި 2017  ވާ އާދީއްތަ ދުވަހު 15:00 އަށް

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv  އިން ލިބެން ހުންނާއެވެ. އަދި މި ވަޒީފާ އަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 05 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

23 ޖުލައި 2017
ހޯދާ