ދިވެހިރާއްޖެ
އިޢުލާން
TCL/PROC-TA/2017/013 ނަމްބަރު:
ކ.ތިލަފުށީގެ ތިލަފުށި އިންޑަސްޓްރިއަލް ޒޯން (ޓީ.އައި.ޒެޑް) ސަރަހައްދުން ގުދަންކުރުމަށާއި ސިނާއީ މަސައްކަތްތަކަށް ބިންކުއްޔަށްހިފުމަށް ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ޕްރޮޕޯސަލް ތަކެއް ލިބިފައި ނުވާތީވެ އިޢުލާން ނަމްބަރ (TCL/PROC-TA/2017/001) ބާޠިލްކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާ ދަޢުވަތު އަރުވަމެވެ.
ތަފްޞީލް |
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
ރަޖިސްޓްރީކުރުން |
ޓީސީއެލް ހެޑް އޮފީސް |
13 ދުވަސް ރަސްމީ |
23 ޖުލައި 2017 އިން 14 އޮގަސްޓް 2017 |
09:00 – 15:00 |
ބީލަން ފޮތް ދޫކުރަން ފެށުން |
ޓީސީއެލް ހެޑް އޮފީސް |
އަންގާރަ |
15 އޮގަސްޓް 2017 |
09:00 ގައި |
ޕްރީ ބިޑް މީޓިންގ |
ފަހުން އިޢުލާން ކުރެވޭނެ |
ހޯމަ |
21 އޮގަސްޓް 2017 |
10:30 ގައި |
ބިޑް ސެކިއުރިޓީ ހުށަހެޅުން |
ޓީސީއެލް ހެޑް އޮފީސް |
11 ދުވަސް ރަސްމީ |
22 އޮގަސްޓް 2017 އިން 10 ސެޕްޓެމްބަރ 2017 އަށް |
09:00 އިން 15:00 އަށް |
ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން |
ފަހުން އިޢުލާން ކުރެވޭނެ |
ހޯމަ |
11 ސެޕްޓެމްބަރ 2017 |
13:30 ގައި |
- އަލަށް ރަޖިސްޓްރީ ކުރައްވާ ފަރާތްކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 200.00ރ. (ދުއިސައްތަ ރުފިޔާ) ދަށްކަންވާނެއެވެ. އަދި ބީލަން ހުށަހަޅުއްވަން ގަސްތުކުރައްވާ ކޮންމެ ޕްލޮޓަކަށް ވަކިން ރަޖިސްޓްރީކުރައްވަން ވާނެއެވެ. ރަޖިސްޓްރޭޝަން ފީއަކީ 'ނޮން ރިފަންޑަބްލް' ފީއެކެވެ.
- ބީލަން ހުށަހަޅުއްވާ ކޮންމެ ޕްލޮޓަކަށް 5,000.00ރ. (ފަސް ހާސް ރުފިޔާ)ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބަލައިގަނެވޭނެ އެންމެ ފަހު ތާރީޚަކީ 10 ސެޕްޓެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ 15:00 އެވެ.
ނޯޓް: ރެޖިސްޓްރީ ކުރެއްވުމަށާއި ބިޑް ސެކިއުރިޓީ ދެއްކުމަށް ވަޑައިގަންނަވާއިރު ކުންފުންޏެއްނަމަ ވިޔަފާރީގެ ރަޖިސްޓްރޭޝަން ކޮޕީ އަދި އަމިއްލަ ފަރުދެއްނަމަ އައި.ޑީ ކާޑު ކޮޕީ ގެންނަވަންވާނެއެވެ.
ބީލަން ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދެއްވަންވީ ކަންކަން:
- ބީލަން ހުށަހަޅުއްވަންވާނީ ކުއްޔަށް ހިފަން އެދިލައްވާ ކޮންމެ ޕްލޮޓަކަށް ވަކިންނެވެ.
- ބީލަން ހުށަހަޅުއްވާފައިވާ ބިޑް ވެލިޑިޓީގެ މުއްދަތު މަދުވެގެން 120 ދުވަހަށް ވާންވާނެއެވެ.
- ބީލަން ހުށަހަޅުއްވަންވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.
- މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
ބީލަން ހުށަހެޅުއްވޭނީ 10 ސެޕްޓެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ 15:00 ކުރިން ބިޑް ސެކިއުރިޓީ ދައްކަވާފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނެ ތަނެއް ފަހުން އިޢުލާން ކުރެވޭނެއެވެ.
ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ މަޢުލޫމާތު ހޯއްދެވުމަށް ތިރީގައިވާ ލިންކަށް ފިއްތާލައްވާ.
http://www.tcl.com.mv/v2/wp-content/uploads/2017/07/TA-013-2017-Plot-Details.pdf
20 ޖުލައި 2017
26 ޝައްވާލު 1438
Fen Building/ 4th floor ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ
Ameenee Magu, Male’, Republic of Maldives އަމީނީމަގު، މާލެ، ދިވެހިރާއްޖެ
Tel: 3307513 Fax: 3307514 ފޯން: 3307513،3307515 ފެކްސް: 3307514