މަޤާމް.
|
އިކޮނަމިކް ޑިވެލޮޕްމަންޓް އޮފިސަރ
|
މަޤާމްގެ ނަންބަރު
|
J229182
|
މަގާމުގެ ރޭންކާއި ކްލެސިފިކޭޝަން.
|
ޓެކުނިކަލް އޮފިސަރ ގްރޭޑް2 ( ރޭންކް: އެމް. އެސް 2 )
|
އޮފީސް / އިދާރާ.
|
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
|
ޔުނިޓް.
|
އިކޮނަމިކް ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސާރވިސް ޔުނިޓް
|
މަސައްކަތްކުރަންޖެހޭތަން
|
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
|
މުސާރަ
|
މަހަކު -/6295ރުފިޔާ
|
ސަރވިސް އެލަވަންސް.
|
މަހަކު - /2000ރުފިޔާ
|
ގިންތި.
|
ދާއިމީ
|
ބޭނުންވާ އަދަދު.
|
01
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް.
|
- ކައުންސިލަށް އާމްދަނީ ލިބޭ ކަންކަން ކައުންސިލުން އަންގާ ގޮތެއްގެ މަތިން ބަލަހައްޓަމުން ގެންދިއުން
- ކައުންސިލަށް އާމްދަނީ އިތުރުކުރެވޭނެ ކަންކަން ދިރާސާކޮށް ހޯދާ ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން ރާވާ ހިންގުން
- ރަށުގެ އާންމު ހާލަތު ރަނަގަޅު ކުރުމަށް އެކިފަރާތްތަކާއި ގުޅިގެން ހިންގާ ވިޔަފާރިތަކުގައި ކައުންސިލް ތަމްސީލުކުރުން
- ކައުންސިލުން އާންމުކޮށް ހުޅުވާލާ ބިޑްތަކަށް ބިޑް ޑޮކިއުމަންޓް ތައްޔާރުކުރުން
- އެކި ފަރާތްތަކުން ކައުންސިލަށް ހުށަހަޅާ ބިޑް ޕްރޮޕޯސަލްތައް ބަލައިގަނެ ބިޑް ކޮމިޓީއަށް ހުށަހެޅުމަށް ކުރަންޖެހޭ މަސައްކަތް ތައް ކުރުން
- ކައުންސިލް އާމްދަނީ ލިބޭ ކަންކަމުގެ ދަފްތަރެއް އެކުލަވާލާ ގަވާއިދުން އަޕްޑޭޓް ކޮށް ބެލެހެއްޓުން
- ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި އިމާރާތްތައް މުއްދަތު ހަމަވުމުގެ ކުރިން އަލުން ބިޑަށް ހުޅުވާލުމަށް ކުރަންޖެހޭ މަސައްކަތް ކުރުން
- ރަށުގައި ހިންގާ ވިޔަފާރި ތަކުގެ ދަފްތަރެއް އެކުލަވާލާ ގަވާއިދުން ބަލަހައްޓަމުން ގެންދިއުން
- ރަށުގައި ހިންގާވިޔަފާރިތައް ތަރައްޤީ ކުރުމުގެ ގޮތުން ކައުންސިލުން ފޯރުކޮށްދެންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން
- ރަށުގެ ވިޔަފާރިތަކުގެ ތަރައްޤީއަށް ކަންކަން ރާވާ ހިންގުމާއި ސަރުކާރާއި އަމިއްލަ އެކި ފަރާތްތަކުން ހިންގާ މިފަދަ ކަންކަމުގައި ކައުންސިލުން ފޯރުކޮށްދެންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުން
- ކައުންސިލް ކުރާ ވިޔަފާރިތައް މޮނިޓަރކޮށް ބެލެހެއްޓުން
- ހަވާލުކުރެވޭ މަސައްކަތްތަކާއި ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
- ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގާ އެހީތެރިވެދިނުން
|
މަގާމުގެ ޝަރުތައް
|
- ޕްރޮޖެކްޓް މެނޭޖްމަންޓް، ނުވަތަ ސްޓްރެޓެޖިކް މެނޭޖްމަންޓް ޕޮލިސީ،ނުވަތަ އޮގަނައިޒޭޝަން ޑިވޮލޮޕްމަންޓް، ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ނުވަތަ މެނޭޖްމަންޓް އެންޑް އޮޕަރޭޝަންސް، ނުވަތަ ފައިނޭންސް، ނުވަތަ ޕަބްލިކް އިކޮނިމިކްސް ނުވަތަ ގްރޯތް އެންޑް ޑިވޮލޮޕްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- ޕްރޮޖެކްޓް މެނޭޖްމަންޓް، ނުވަތަ ސްޓްރެޓެޖިކް މެނޭޖްމަންޓް ޕޮލިސީ،ނުވަތައޮގަނައިޒޭޝަން ޑިވޮލޮޕްމަންޓް، ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ނުވަތަ މެނޭޖްމަންޓް އެންޑް އޮޕަރޭޝަންސް، ނުވަތަ ފައިނޭންސް، ނުވަތަ ޕަބްލިކް އިކޮނިމިކްސް ނުވަތަ ގްރޯތް އެންޑް ޑިވޮލޮޕްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- ޕްރޮޖެކްޓް މެނޭޖްމަންޓް، ނުވަތަ ސްޓްރެޓެޖިކް މެނޭޖްމަންޓް ޕޮލިސީ،ނުވަތައޮގަނައިޒޭޝަން ޑިވޮލޮޕްމަންޓް، ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ނުވަތަ މެނޭޖްމަންޓް އެންޑް އޮޕަރޭޝަންސް، ނުވަތަ ފައިނޭންސް، ނުވަތަ ޕަބްލިކް އިކޮނިމިކްސް ނުވަތަ ގްރޯތް އެންޑް ޑިވޮލޮޕްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން
ނުވަތަ
- ޕްރޮޖެކްޓް މެނޭޖްމަންޓް، ނުވަތަ ސްޓްރެޓެޖިކް މެނޭޖްމަންޓް ޕޮލިސީ،ނުވަތައޮގަނައިޒޭޝަން ޑިވޮލޮޕްމަންޓް، ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ނުވަތަ މެނޭޖްމަންޓް އެންޑް އޮޕަރޭޝަންސް، ނުވަތަ ފައިނޭންސް، ނުވަތަ ޕަބްލިކް އިކޮނިމިކްސް ނުވަތަ ގްރޯތް އެންޑް ޑިވޮލޮޕްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.
|
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.
|
- ލިބިފައިވާ ތައުލީމާއި ތަމްރީން (%38)
- އިމްތިޙާން (%5)
- ލިބިފައިވާ މަސައްކަތު ތަޖުރިބާ ()
- މަސައްކަތް ކުރުމުގެ ގާބިލުކަން / ހުނަރު (%43)
|
ހުށަހަޅަންޖެހޭ ލިޔުންތައް.
|
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި.
|
31 ޖުލައި 2017ވަނަ ދުވަހުގެ 12:00ގެކުރިން ނައިފަރު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. [email protected] ) )
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2017 އޯގަސްޓް 09 އާ 2017 އޯގަސްޓް 16 އާ ދެމެދު ފާދިއްޕޮޅު ނައިފަރު ކައުންސިލް އިދާރާގައެވެ. ވީމާ މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚްތަކުގައި އިންޓަވިއު އަށް ތައްޔާރުވެގެން ތިއްބެވުމަށްވެސް ދަންނަވަމެވެ.
|
ޝޯޓް ލިސްޓްކުރުން.
|
މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 5 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ
|
މަޤާމަށް އައްޔަންކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާރކްސް ޖުމްލަ އިންސައްތަ 30% (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.
|
އުޖޫރައާއި އިނާޔަތްތައް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
ނޯޓް
|
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6620340 އާ ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލް ކުރެވޭނެވާހަކަ ދެންނެވީމެވެ.
|