ދިވެހިރާއްޖެ
މި ސްކޫލުގެ ސްޓާފްރޫމް މަރާމާތު ކުރުން
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
މި ސްކޫލުގެ ސްޓާފްރޫމް މަރާމާތު ކުރުމަށް 10 ޖުލައި 2017 ގައި ކޮށްފައިވާ އިއުލާން GS-151/IUL-2017-21އަށް އެއްވެސް ބޭފުޅަކު މައުލޫމާތު ސާފުކުރަން ހާޒިރު ނުވުމުގެ ސަބަބުން އެއިއުލާން ބާތިލުކޮށްފީމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
31 ޖުލައި 2017 ހޯމަ ދުވަހު 13:00 |
9 އޯގަސްޓް 2017 ބުދަ ދުވަހު 13:00 |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެފަހުން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އަށް 6660844 ނަންބަރު ފޯނާއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.