ދިވެހިރާއްޖެ
އިޢުލާން
ނަންބަރު:MMS-A/2017/22
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ވެދަރ ސްޓޫޑިއޯ އަޕްގްރޭޑްކޮށް، އިކުއިޕްމަންޓްތައް އިންސްޓޯލް ކުރުމާއި ގުޅޭ
އަންދާސީ ހިސާބު ބޭނުންވެއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ދެއްވަމުންގެންދަވާ މޫސުމާބެހޭ މަޢުލޫމާތުތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމުގެ ގޮތުން، މިސަރވިސްގެ ވެދަރ ސްޓޫޑިއޯ އިތުރަށް ފުރިހަމަކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ މޫސުމާއި ބެހޭ މަޢުލޫމާތު ހަރުދަނާ ކުރަން ބޭނުންވެއެވެ. ވީމާ، މިސަރވިސްގެ ވެދަރ ސްޓޫޑިއޯއަށް ބޭނުންވާ އިކުއިޕްމަންޓްތައް ފޯރުކޮށްދީ، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަަކަށް ފުރުސަތު ހުޅުވާލަމެވެ..
މަޢުލޫމާތު ސާފުކުރުން (ޕްރީބިޑް ބައްދަލުވުން)
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 25 ޖުލައި 2017 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:15 ގައި މިނިސްޓްރީ އޮފް އެންވަޔަރމަންޓް އެންޑް އެނަރޖީގައެވެ.
އަންދާސީހިސާބު ހުށަހެޅުމާއި ހުޅުން
02 އޮގަސްޓް 2017 ވާ ބުދަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރމަންޓް އެންޑް އެނަރޖީގައި އަންދާސީ ހިސާބުތައް ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައި އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމާއި ބެހޭ ހުރިހާ ކަންކަން މިއިދާރާގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ ޓާރމްސް އޮފް ރިފަރެންސް، ތިރީގައިމިވާ ލިންކްއިން ލިބިވަޑައިގަންނަވާނެއެވެ.
ލިންކް: http://meteorology.gov.mv/uploads/TOR-Supply&delivery_the_equipments_to_upgrade_the_studio_of_MMS.pdf
އިތުރު މައުލޫމާތު ހޯއްދެވުމަށް މި އިދާރަގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
25 ޝައްވާލް 1438