ދިވެހިރާއްޖެ
މަޤާމް: މަސައްކަތު ( ވޭސްޓް މެނޭޖްމަންޓް ސެންޓަރ)
ގިންތި: ދާއިމީ
ބޭނުންވާ ޢަދަދު: 01 (އެކެއް)
މުސާރަ: -/3500 ރުފިޔާ
ސަރވިސް އެލަވަންސް: -/1500 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
މަޤާމުގެ ޝަރުތު: ލިޔަންކިޔަން ދަތުމާއި އެކު މަގާމުގެ މަސައްތަތް ކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން
ކުރަންޖެހޭ މައިގަނޑު މަސައްކަތް:
- ވޭސްޓް މެނޭޖްމަންޓް ސެންޓަރުން ރައްޔިތުންނައް ދޭ މައިގަނޑު ޚިދުމަތް ކަމުގައިވާ ކުނި ނެގުމުގެ މަސައްކަތްތައް ކުރުން.
- ވޭސްޓް މެނޭޖްމަންޓް ސެންޓަރައް ގެނެވޭ ކުނި މެނޭޖްކުރުން.
- ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެނެވޭ އެކި ބާވަތް ބާވަތުގެ ކުނި ވަކިކޮށް ނައްތާލުމުގެ ކަންކަން ކުރުން.
- ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ޢިމާރާތާއި ގޯތިތެރެ ސާފުކޮއް ބެލެހެއްޓުން.
- ގަސްކާނާ އުފެއްދުން.
- ވޭސްޓް މެނޭޖްމަންޓް ސެންޓަރ ގައި މަސައްކަތްކުރުމައް ބޭނުންކުރާ އެންމެހާ މެޝިނަރީޒްއާއި އިކުއިޕްމަންޓް، އަދި ވެހިކަލްތައް ބެލެހެއްޓުން.
- ކުނި މެނޭޖްކުމުގައި ދިމާވާ މައްސަލަތައް ސްޕަވައިޒަރުގެ ލަފާގެ މަތިން ހައްލު ކުރުން.
- ސެންޓަރުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުން.
- އަދި މިނޫނަސް ވަޒީފާއާއި ގުޅޭގޮތުން ވެރިންއަންގާ އެންމެހާ ކަންކަންކުރުމާއި، އިދާރާއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތް ތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ލިބިފައިވާ ތަޢުލީމާއި، ތަމްރީނު
- ލިބިފައިވާ މަސައްކަތު ތަޖުރިބާ
- ލިބިފައިވާ ހުނަރު
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (އއ. އުކުޅަހު ކައުންސިލްގެ އިދާރާއިންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެ އެވެ)
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މި މަގާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާ އަށް އެދޭ ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ، 25 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 2:00 އެވެ. ފޯމު ހުށަހަޅާނީ އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ އަށެވެ.
އިތުރު މަޢުލޫމާތު ހޯދުން:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 6660536 ނަންބަރު ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ. އީ މެއިލް އެޑްރަހަކީ [email protected] އެވެ.
23 ޝައްވާލް 1438
17 ޖުލައި 2017