ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ކޯހުގައި ކިޔަވާނެ ދަރިވަރުން ހޯދުމާއިބެހޭ

ިރީގައި މިވަނީ ނެޝަނަލް ސެންޓަރ ފޮ ދިއާޓްސް އިން 2017 ގައި ހިންގުމަށް ހަމަޖެހިފައިވާ ބޭސިކް ގިޓާ ކޯހާއި ސެޓްފިކެޓް 1 އިން އާޓް އެންޑް ޑިޒައިން ކޯސް އަދި ސައުންޑް އިންޖިނިއަރިންގ ވޯކްޝޮޕް އާ ބެހޭ މައުލޫމާތެވެ. މި ކޯސްތަކުގައި ބައިވެރިވުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.  ކޯހުގައި ބައިވެރިވެ ލެެއްވުމަށް ޝައުޤު ވެރިވާ ފަރާތްތަކުން 03 އޮގަސްޓް 2017 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޯމް ފުރުއްވުމަށް ފަހު ލ. ފޮނަދޫ ޔޫތު ސެންޓަރ އަދި ލ.ފޮނަދޫ ކައުންސިލް އިދާރާއަށް ނުވަތަ ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް އަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 19 ޖުލައި 2017 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 ފެށިގެންނެވެ. ކޯހަށް ވަނުމަށް އެދޭ ފޯމް ލ. ފޮނަދޫ ކައުންސިލް އިދާރާއިންނާއި ލ.ފޮނަދޫ ޔޫތު ސެންޓަރ އަދި ނެޝަނަލް ސެންޓަރ ފޮ ދި އާޓްސްގެ ވެބްސައިޓް www.nca.gov.mv  އިން އަދި މިސެންޓަރުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އިތުރު މައުލޫމާތު 3344667 ނަންބަރު ފޯނަށް ގުޅުއްވުމުން ލިބިވަޑައި ގަންނަވާނެއެވެ.

ކޯހުގެ ނަން: 1- ސެޓްފިކެޓް 1 އިން އާޓް އެންޑް ޑިޒައިން ކޯސް

         2- ބޭސިކް ގިޓާ ވޯކްޝޮޕް

         3- ސައުންޑް އިންޖިނިއަރިންގ ވޯކްޝޮޕް

މުއްދަތު: *  ސެޓްފިކެޓް 1 އިން އާޓް އެންޑް ޑިޒައިން ކޯސް ( 1 މަސް)

  • ބޭސިކް ގިޓާ ކޯސް  (1 މަސް)
  • ސައުންޑް އިންޖިނިއަރިންގ ވޯކްޝޮޕް (7 ދުވަސް)

ކޯހުގެ      ފީ: ހިލޭ

ކޯސް ހިންގާނެ ތަން: ލ.ފޮނަދޫ  

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ސެޓްފިކެޓް 1 އިން އާޓް އެންޑް ޑިޒައިން ކޯސް (ގްރޭޑް 7 ނިންމާފައިވުން.)

ށ. ބޭސިކް ގިޓާ ވޯކްޝޮޕް  އަދި ސައުންޑް އިންޖިނިއަރިންގ ވޯކްޝޮޕް (16 އަހަރު މަތީގެ ފަރާތްތަކަށް )

18 ޖުލައި 2017
ހޯދާ