އދ. ދިއްދޫ ސްކޫލް
ދިވެހިރާއްޖެ
ދެ ކުލާސްރޫމް ޢިމާރާތް ކުރުމަށް ބިޑް ހޯދުން

`

 

 

 އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ސުކޫލް                            

 ދިއްދޫ ، ދިވެހިރާއްޖެ.                                   

 

 

އދ. ދިއްދޫ ސްކޫލް ގޯތީގައި ދެކުލާސްރޫމް ޢިމާރާތްކޮށްދޭނެ ފަރާތެއްހޯދުން.

 

                                                      ނަމްބަރ: GS159/2017/R14

އިޢުލާން

 

      އދ. ދިއްދޫ ސްކޫލުގެ ގޯތިތެރޭގައި ދެކުލާސްރޫމް ޢިމާރާތްކޮށްދޭނޭ ފާރާތެއް ހޯދަންބޭނުންވެއްޖެއެވެ.

      ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 ޖުލައި 2017 ވާ ހޯމަ ދުވަހުގެ 11.00އަށް މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 އޮގަސްޓް 2017 ވާ އާދީއްތަ ދުވަހުގެ 11.00އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ޤާނޫނު ނަމްބަރު: 18/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ނަމްބަރު: 19/2014 ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

     އަންދާސީހިސާބުތައް ކެނޑުން އޮންނާނީ 06 އޮގަސްޓް 2017 ވާ އާދީއްތަ ދުވަހުގެ 11.00 ގައި މިއިދާރާގެބިޑް އިވިލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގައި، އަންދާސި ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޞިރުގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޞިރުނުވާ ފަރާތްތަކާއި ގަޑިއަށް ޙާޞިރުނުވާ ފަތާތްތަކުގެ އަންދާސި ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަނަދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާމީހާގެ އައިޑީ ކާޑުގެ އަސްލާއި އެކު ސިޓީއެއް ހިފައިގެން ޙާޞިރުވުން އެދެމެވެ.

     މިހެންވެ މިކަން ޢާންމުކޮށް އަންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 

24 ޝައްވާލް  1438

18  ޖުލައި   2017

 

 

 

                           18 ޖުލައި 2017                         

18 ޖުލައި 2017
ހޯދާ