ދިވެހިރާއްޖެ
އިޢުލާން
ދާންދޫ ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމާއި ބެހޭ
ދާންދޫ ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މިއިދާރާގެ ނަންބަރ (IUL)410-P/410/2016/31 ޢިޢުލާނާއި ގުޅިގެން މިއިދާރާގެ ސެކިއުރިޓީ މިހާރު ބަލަހައްޓަމުން ގެންދިއުމަށް ވެވިފައިވާ އެއްބަސްވުމުގެ މުއްދަތު 21 ޖުލައި 2017 އަށް ހަމަވާތީވެ، މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް އަލުން ހޯދުމަށް ބޭނުން ވެއްޖެއެވެ.
މާކްސް ދެވޭގޮތުގެ ތަފްސީލު:
ފޯމިއުލާ |
ތަފުސީލު |
މާކްސް ދެވޭ ގޮތް |
މާކްސްދެވޭ ކްރައިޓީރިއާ |
(Benchmark Price / Submitted Price) x Allocated Percentage |
މަސައްކަތުގެ ޖުމްލަ އަގަށް ދޭ މާކްސް މާކްސް ދެވޭނީ ހުށަހަޅާފައިވާ އަގުތަކަށާއި މިއިދާރާއިން އަންދާޒާ ކުރާ އަގާއި އަޅާ ބަލާއިރު އެންމެ އެކަށީގެންވާ ކަމަށް ފާސްވާ އަގު ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ ބެންޗް މާރކްގެ ގޮތުގައި ކަނޑައަޅޭ އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށެވެ. |
%70 |
އަގު |
( Submitted years of experience / Benchmark years ) x Allocated Percentage |
ކަމާއި ގުޅޭ ދާއިރާއިން ލިބިފައިވާ ތަޖުރިބާ މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ މަސައްކަތު ތަޖުރިބާއިން ހޭދަވި މުއްދަތާއި އަދި ކުރެވިފައިވާ މަސައްކަތުގެ މިންވަރާއި އަޅައި ބަލައި އެންމެ ތަޖުރިބާ ރަނގަޅު ފަރާތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އެއް މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މިއިދާރާގެ ބިޑް އިވެލިއޭޝަން އިން ބެންޗް މާރކްގެ ގޮތުގައި ކަނޑައަޅާ ފަރާތަކަށެވެ. |
10% |
ތަޖުރިބާ |
( Submitted amount price for extra activities/ Benchmark amount price for extra activities ) x Allocated Percentage |
ޚިދުމަތް ހަރުދަނާ ކުރުމަށް ލިބޭ އަގުން ހޭދަކުރާ މިންވަރަށް ލިބޭ މާރކްސް. މިބައިން މާރކްސް ދެވޭނީ ހުށަހަޅާ އަގުން ޚިދުމަތް ކުރުމުގެ ޚަރަދު ކުރާ މިންވަރާއި އިތުރު ކަންކަމުގެ މައްޗައް ރިޔާޔަތްކޮށް ބިޑް އިވެލިއުއޭޝަން ކޮމިޓީން ފާސްވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކީ ބެންޗްމާރކެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އެއް މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށެވެ. |
10% |
އަގުން އިތުރު ކަންތައްތަކަށް ހޭދަ ކުރާ މިންވަރު |
(Benchmark Management / Submitted Management) x Allocated Percentage |
ފަންނީގޮތުން ޤާބިލުކަން ހުރި މިންވަރަށް ދެވޭ މާރކްސް މި މާކްސް ދެވޭނީ ހުށަހަޅާ ސެޓްފިކެޓްތަކަށް ބަލައި އެންމެ އެކަށީގެންވާ ކަމަށް ބިޑް އިވެލިއުއޭޝަން ކޮމިޓީން ފާސްވާ ފަރާތަށް ދެވޭ އެންމެ މަތީ ޕޮއިންޓް ބެންޗްމާރކެއްކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އެއް މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ ބިޑް އިވެލިއުއޭޝަން ކޮމިޓީން ފާސްވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަށެވެ. |
%5 |
ފަންނީ ޤާބިލުކަން ހުރި މިންވަރު |
މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި ވަޑައިގަންނަވާ ނަމަ އެކަން އެފަރާތަކާއި ހަވާލުކުރި ކަން ބަޔާން ކޮށްފައިވާ ސިޓީ އެއް ގެންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.
މި މަސައްކަތުގައި އެއްވެސް ގޮތަކުން ދިވެހިން ނުލިބިގެން ސެކިއުރިޓީންގެ ގޮތުގައި ބިދޭސީން ބޭނުން ކުރާ ނަމަ އެބިދޭސީންނަކީ މަސައްކަތާއި ހަވާލުވާ ފަރާތުގެ ކޯޓާއެއްގައި އައިސް މުއްދަތު ހަމަނުވާ ވޯރކްޕާރމިޓެއް އޮތް މީހުންނަށް ވާން ވާނެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 20 ޖުލައި 2017 ވާ ބުރާސްފަތި ދުވަހު 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 24 ޖުލައި 2017 ވާ ހޯމަ ދުވަހު 13:00 އަށް މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
23 ޝައްވާލް 1438 ހ.