މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއާ ބެހޭ

އިޢުލާން

 

ރާޅުދޮށު ގޭގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ އާބެހޭ

          ތިރީގައި މިދަންނަވާ ގޯތީގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން އަލުން ރަޖިސްޓްރީ ހެއްދުމަށް ހުށަހަޅާފައިވާތީ، އެރަޖިސްޓްރީއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވޭތޯ ބަލަން ބޭނުންވެއެވެ.

           ވީމާ، މިރަޖިސްޓްރީ އާއިބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ 15 އޮގަސްޓް 2017 ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް އަންގަވައި ދެއްވުން އެދެމެވެ.

     * ކ. ހިންމަފުށީ ރާޅުދޮށު ގޭގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ( ނަންބަރު: H-6/95/41 )                    

       މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ. 

16 ޖުލައި 2017
ހޯދާ