ދިވެހިރާއްޖެ
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ތ. މަޑިފުށި، ދިވެހިރާއްޖެ
ނަމްބަރ: (IUL)384-A/2017/45
އިޢުލާން
2ވޮލީކޯޓް ހެދުމުގެ މަސައްކަތް:
މިރަށުގައި ދެ ވޮލީކޯޓް އަމިއްލަތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 24 ޖުލައި 2017ވާ ހޯމަ ދުވަހުގެ 13:00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 03 އޮގަސްޓް 2017ވާ ބުރާސްފަތި ދުވަހުގެ 13:00އަށް ވަޑައިގެން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780034 މިނަމްބަރަށެވެ. މަޢުލޫމާތު ސާފް ކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
22 ޝައްވާލް 1438
16 ޖުލައި 2017