ދިވެހިރާއްޖެ
ނަންބަރު: IUL)138-PIS1/1/2017/75)
އިޢުލާން
ކ. ކާށިދޫ ނެރު ހެދުމުގެ މަޝްރޫޢުގެ އެންވަރަމަންޓް އިމްޕެކްޓެ އެސެސްމަންޓަށް ބޭނުންވާ އެންވަރަމަންޓަލް ކޮންސަލްޓަންސީއާއި ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ޝައުގުވެރިވާ ފަރާތްތަކަށް މިމަސައްކަތާއި ބެހޭ މަޢުލޫމާތު ޝީޓް މި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv އިން ލިބިވަޑައިގަންނަވާނެކަމުގައި ދަންނަވަމެވެ.
މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 18 ޖުލައި 2017 ވަނަ ދުވަހުގެ 11:00ގައި މި މިނިސްޓްރީގައި އޮންނާނެކަމުގައި ދަންނަވަމެވެ.
މި މަސައްކަތާއި ބެހޭ ފައިނޭންޝަލް އަދި ޓެކްނިކަލް ޕްރޮޕޯސަލް 23 ޖުލައި 2017 ވާ އާދިއްތަ ދުވަހު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑިއަށް ޙާޒިރުނުވާ ފަރާތްތަކަށް ބިޑްހުށަހެޅުމަށް ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
އިންފްރަސްޓްރަކްޗަރ ޑިޕާޓްމަންޓް/ އެންވަރަމަންޓަލް މޮނިޓަރިންގ ޔުނިޓް
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.
އަމީނީ މަގު،
މާލެ، ދިވެހިރާއްޖެ.
ފޯން: 3004327/3004110 ފެކްސް:3004301
އީ-މެއިލް: [email protected]
16 ޖުލައި 2017