ގުރައިދޫ ސްކޫލް ކ.ގުރައިދޫ
ދިވެހިރާއްޖެ
ރިލީފް ޓީޗަރ (ޕްރައިމަރީ)

އިޢުލާން

ތާރީޙް: 16 ޖުލައި 2017                                       ނަންބަރ: GS145/HR/IUL/2017/023                    

ޕްރައިމަރީ ރިލީފް ޓީޗަރެއް ބޭނުންވެއްޖެ.

                                                                                                                                                           

މަޤާމު:                       ރިލީފް ޓީޗަރ ( ޕްރައިމަރީ )

މަސައްކަތް ހަމަޖެހިފައިވާ ތަން:          ގުރައިދޫ ސްކޫލް / ކ.ގުރައިދޫ

ބޭނުންވާ ޢަދަދު:                1       

ޝަރުތު :

ޝަރުތު

މުސާރަ (މަހަކު )

ސާރވިސް އެލަވަންސް ( މަހަކު )

ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވުން

-/4500

-/1500

މަތީ ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން

-/5500

-/1500

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން

-/6090

-/2500

މީގެ އިތުރުން ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.  

ސުންގަޑި: 23 ޖުލައި 2017 ވާ އާދިއްތަ ދުވަހުގެ 12:00  ކުރިން

ވީމާ، މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި، ސްކޫލް ނިންމިކަމުގެ ލިޔުމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީއާއި (މުއްދަތު ހަމަނުވާ)، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި، މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުމުގެ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީވީ) އާއެކު ސުންގަޑީގެ ކުރިން މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ. މި މަޤާމަށް އެދިލައްވާ ފަރާތްތަކަށް ކުރެވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި އިޢުލާނުގެ މުއްދަތުގެ ހަމަވާތާ 2 ދުވަހުގެ ތެރޭގައި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:                    

ފޯން: 6640574

 އީމެއިލް: [email protected]

މިހެންވެ މިކަން އަންގައި އިޢުލާން ކުރީމެވެ.                                                                                  

ސްކޫލް އޮފީސް

16 ޖުލައި 2017
ހޯދާ