ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕް ބޭނުންކުރުމާ ބެހޭ އުޞޫލް އާންމު ކުރުމާބެހޭ

އިޢުލާން

 

ޕިކަޕް ބޭނުންކުރުމާ ބެހޭ އުޞޫލް އާންމު ކުރުމާބެހޭ:

ދާންދޫ ކައުންސިލްގެ ޕިކަޕް ބޭނުންކުރުމާ ބެހޭ އުޞޫލު މިއިއުލާނާއެކު އާންމު ކުރެވިފައިވާ ވާހަކަ މައުލޫމާތައްޓަކައި ދަންނަވަމެވެ.

މި އިއުލާނު ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެން މި އުސޫލަށް އަމަލު ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

22 ޝައްވާލް 1438

16 ޖުލައި 2017

 

ޕިކަޕް ބޭނުންކުރުމާ ބެހޭ އުޞޫލް -2017

  1. މިއީ، ދާންދޫ ކައުންސިލްގެ އިދާރާގެ ރަޖިސްޓްރީ ނަމްބަރ: C1A4011 (G4011)ޕިކަޕް ދުއްވުމާއި ، ބެލެހެއްޓުމާއި އަދި ބޭނުން ކުރުމާއި ބެހޭގޮތުން ދާންދޫ ކައުންސިލްގެ 3ވަނަ ދައުރުގެ 6 ޢާންމު ޖަލްސާއިން ފާސްކޮށްގެން ޢަމަލުކުރުމަށް ނިންމާފައިވާ ދާންދޫ ކައުންސިލްގެ އިދާރާގެ ޕިކަޕް ބޭނުން ކުރުމާބެހެ އުޞޫލެވެ.
  2. ދާންދޫ ކައުންސިލްގެ އިދާރާގެ ރަޖިސްޓްރީ ނަމްބަރ: C1A4011 (G4011) ޕިކަޕް ބަލަހައްޓައި ދުވަންވާނީ، މިފަދަ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތަކުންނެވެ.
  3. މި ޕިކަޕް ދުއްވުމަށް ހަވާލުކުރެވިފައިވާ ޑްރައިވަރު ނުވަތަ ޕިކަޕް ދުއްވުމަށް އެއިރަކު ކައުންސިލް އިން ހަވާކުރާމީހަކު އެއްވެސް އާންމު ފަރާތަކަށް މި ޕިކަޕް ދުއްވަން ދީގެންނުވާނެއެވެ.
  4. މި އުޞޫލަށް ޢަމަލު ކުރަންފަށާނީ މި އުޞޫލު ގެޒެޓުގައި ޝާއިޢު ކުރާ ދުވަހުން ފެށިގެންނެވެ.
  5. ޕިކަޕް ދުއްވަންވާނީ ކަމާއި ގުޅޭގޮތުން ހެދިފައިވާ އެންމެހާ ޤާނޫނުތަކާއި ޤަޥާޢިދު ތަކާއި އަދި އުޞޫލުތަކާއި އެއްގޮތަށެވެ. ޤާނޫނާއި ޤަޥާޢިދާއި އަދި އުޞޫލުތަކާއި ޚިލާފަށް މި މިކަޕް ދުއްވައިގެން އެ ފަރާތަކުން ނަގަންޖެހޭ ޒިންމާއެއް ދާންދޫ ކައުންސިލްގެ އިދާރާއިން ނުނަގާނެއެވެ. އެ ޒިންމާއެއް ނަގަންވާނީ ޤަޥާޢިދާއި ޚިލާފުވީ ފަރާތަކުންނެވެ.
  6. ޕިކަޕް ދޮވެ ސާފުކޮށް ބެލެހެއްޓުމަކީ ޕިކަޕް ބެލެހެއްޓުމާއި ހަވާލުވެ އަދި ދުއްވާ ފަރާތްތަކުން ނުވަތަ ޕިކަޕް ބޭނުން ކުރާ ނިޒާމުގައި މަސައްކަތް ކުރާ މުވައްޒަފުން އުފުލަންޖެހޭނެ ޒިންމާއެކެވެ.
  7. ޕިކަޕް މަރާމާތު ކުރަންޖެހޭނީ ކައުންސިލް އިދާރާގެ ޚަރަދުގައެވެ. ނަމަވެސް ދުއްވާމީހާގެ އިޙުމާލުން ލިބޭ ގެއްލުން ތަކުގެ ޒިންމާ ނަގަންޖެހޭނީ އެފަރާތަކުންނެވެ. މިފަދަ ގެއްލުންތަކުގެ މަރާމާތު މިއިދާރާއިން ކުރާކަށް ނުޖެހޭނެއެވެ.
  8. ޕިކަޕްގެ އަހަރީފީ އާއި އަދި އެހެނިހެންވެސް ފީތަށް ދައްކަންޖެހޭނީ ކައުންސިލް އިދާރާއިންނެވެ.
  9. ޕިކަޕް ދުއްވުމަށް ބޭނުންވާ ތެޔޮ އަޅާނީ ދާންދޫ ކައުންސިލްގެ އިދާރާގެ ޚަރަދުގައިއެވެ.
  10. ޕިކަޕް ބޭނުން ކުރާނީ ރައްކާތެރި ކަމާއި އެކު ކުނި އުކުލުމާއި ކުނި ނައްތާލުމަށް އެކަށައެޅިފައިވާ ނިޒާމުގެ ދަތު ތަކަށާއި އަދި ކައުންސިލަށް އާމްދަނީ ލިބޭ އެނޫންދަތުރު ތަކުގައިއެވެ.
  11. ރައްކާތެރި ކަމާއި އެކު ކުނި އުކުލުމާއި ކުނި ނައްތާލުމަށް އެކަށައެޅިފައިވާ ނިޒާމުގެ އިތުރުން މި ޕިކަޕް އިން ކުރާ އިތުރު ދަތުރުތަކަށް ތިރީގައި މިދަންނާ ރޭޓުން ދާންދޫ ކައުންސިލްގެ އިދާރާއަށް ކުލި ދައްކަންވާނެއެވެ.
  12. ކުނި އުކާލުމުގެ ނިޒާމުގެ އިތުރުން ޕިކަޕް ދަތުރެއް ކުރާނީ ކުރާ ކޮންމެ ދަތުރަކަށް (ލޮނުވެލި ފިޔަވައި) 50.00ރުފިޔާގެ ރޭޓުންނެވެ.
  13. ޕިކަޕްގެ ޑްރައިވަރު ފިޔަވައި މަސައްކަތު މުވައްޒަފުން ބޭނުންކޮށްގެން ލޮނުވެއްޔާއި އަދި ބަސްތާތަކުގައި ބަންދުކޮށްފައިވާ ތަކެތި ފިޔަވައި ބަރުކޮށްގެން ދަތުރު ކުރާނަމަ ކުރާ ކޮންމެ ދަތުރެއް ކުރެވޭނީ 80.00ރުފިޔާގެ ރޭޓުންނެވެ.
  14. ޕިކަޕްގެ ޑްރައިވަރު ފިޔަވައި މަސައްކަތު މުވައްޒަފުން ބޭނުންކޮށްގެން ލޮނުވެއްޔާއި އަދި ބަސްތާތަކުގައި ބަންދުކޮށްފައިވާ ތަކެތި ބަރުކޮށްގެން ދަތުރު ކުރާނަމަ ކުރާ ކޮންމެ ދަތުރެއް ކުރެވޭނީ 150.00ރުފިޔާގެ ރޭޓުންނެވެ.
  15. ލޮނު ވެލި ބަރުކޮށްގެން ދަތުރެއް ކުރާނީ ދަތުރެއް -/70ރުފިޔާގެ ރޭޓުންނެވެ.
  16. ޕިކަޕަށް ތަކެތި ލޯޑް ކުރާނީ 1 ޓަނަށްވުރެ ބަރުނުވާ ގޮތަށެވެ.
  17. މި އުޞޫލަށް ބަދަލު ގެނެވޭނީ ދާންދޫ ކައުންސިލުން ކަނޑައަޅާ ޤަވާޢިދު ކޮމިޓީ އިން ދިރާސާކޮށް ގެންނަންޖެހޭ ބަދަލެއް ދާންދޫ ކައުންސިލްގެ އާންމު ޖަލްސާއަކަށް ހުށަހަޅައި، ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްކޮށްގެންނެވެ.

 

 

 

16 ޖުލައި 2017
ހޯދާ