ދިވެހިރާއްޖެ
ނަންބަރ: IUL)PSM-HA/PSM/2017/86)
އިޢުލާން
މި ކުންފުނީގައި ބޭނުންކޮށްފައި ހުރި ގޮނޑި މޭޒު އަދި އޭސީ އާއި ޓެކްނިކަލް އިކިއުޕްމެންޓްސް ތައް ނީލަމުގައި ވިއްކާލަން ހަމަޖައްސައިފީމެވެ. އަދި ނީލަންކިޔުމުގެ ކުރިން މި ތަކެތި ބައްލަވާލައްވަން ބޭނުންފުޅުވާ ފަރާތްތައް 19 ޖުލައި 2017 ވާ ބުދަ ދުވަހު 14:00 އާއި 15:00 އާ ދެމެދު މި ކުންފުނީގެ ރޭޑިޔޯ ބިލްޑިންގ އަށް ވަޑައިގަތުމުން ތަކެތި ބައްލަވާލެއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެއެވެ.މިތަކެތި ނީލަމުން ނަންގަވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް 20 ޖުލައި ބުރާސްފަތި ދުވަހު މި ކުންފުނީގެ ރޭޑިޔޯ ބިލްޑިންގ އަށް ޙާޟިރުވެވަޑައިގެން ދެއްވުން އެދެމެވެ. ނީލަން ފެށޭގަޑި ހަވީރު 16:00 ނިމޭގަޑި 17:30 އެވެ.ނީލަން ކާމިޔާބު ކުރާފަރާތް ތަކުން 22 ޖުލައި ވާ ހޮނިހިރު ދުވަހުގެ 16:00 ގެ ކުރިން ތަކެތި ގެންގޮސް ނިންމެވުން އެދެމެވެ.
22 ސައްވާލް 1438
16 ޖުލައި 2017