މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އިންޓާންޝިޕް ފުރުޞަތު

މިމިނިސްޓްރީގެ ނަންބަރު (IUL)30-F/30/2017/77 އިއުލާނާއި ގުޅިގެން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި އަމަލީ މަސައްކަތުގެ ތެރެއިން ދަނޑުވެރިކަމުގެ ހުނަރު އިތުރުކުރުމާއި އަމަލީ ތަޖުރިބާ ޙާޞިލް ކުރުމަށް ހުޅުވާލި ފުރުސަތައް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ހޮވުނު 1 ބޭފުޅެއްގެ ޖާގަ މިހާރު ހުސްވެފައިވާތީ، އެ ޖާގައަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވިފައިވާ ވާހަކަ ދަންނަވަމެވެ.

 

  • މުއްދަތު: އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 6 މަސްދުވަހުގެ މުއްދަތަށް
  • ފުރުޞަތު ދެވޭނެ ބައިވެރިންގެ އަދަދު: 1
  • އިނާޔަތްތައް: މަހަކު 2000 ރުފިޔާގެ އެލަވަންސް، ދަތުރުފަތުރުގެ ޚަރަދު އަދި ހުރުމާއި ކެއުމުގެ ޚަރަދުތައް ބަލަހައްޓާނީ މިނިސްޓްރީގެ ފަރާތުން. (ނޯޓް: މިނިސްޓްރީގެ ފަރާތުން ހުރުމާއި ކެއުމުގެ ކަންތައްތައް ހަމަޖައްސައިދޭނީ ހަމައެކަނި ހަނިމާދޫ ނޫން އެހެން ރަށްރަށުން ވަޑައިގަންނަވާ ފަރާތްތަކަށް)

 

 

 

ޝަރުތު:

 

- އަސާސީތައުލީމް ފެންވަރު އަދި ދަނޑުވެރިކަމަށް ޝައުގުވެރިކަން ހުރުން

- އަމަލީ މައިދާނުގައި މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި ބޭފުޅަކަށްވުން

- 6 މަސް ދުވަހުގެ މުއްދަތައް ހަނިމާދުގައި ސްޓޭޝަންވެ ހުންނެވޭނެ ފަރާތަކަށްވުން

މިނިސްޓްރީއާއެކު ވެވޭ އެއްބަސްވުމާ އެއްގޮތަށް އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަކޮށް މަސައްކަތް ކުރައްވާނެ ފަރާތެއް ކަމުގައިވުން  

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި މިނިސްޓްރީގެ ނަމްބަރ 3339232، 3339264، 3339207 އަށް ގުޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

- އެޕްލިކޭޝަންފޯމް (އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓްއިން ލިބިލައްވާނެ)

- ތައުލީމީ ސެޓިފިކެޓެއް ލިބިފައިވާނަމަ ސެޓްފިކެޓްގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑު ކޮޕީ

ސުންގަޑި:  20 ޖުލައި 2017 ގެ 14:00ގެ ކުރިން

16 ޖުލައި 2017
ހޯދާ