މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
'އޯޒޯން ޓު ކްލައިމެޓް ޓެކްނޮލޮޖީ އެކްސްޕޯ އަދި އިންޑަސްޓްރީ ރައުންޑް ޓޭބަލް' ނަމުގައި އެކްސްޕޯއެއް ބޭއްވުމަށް ތަނެއް ހޯދުމާއި ތަނުގެ ތައްޔާރީތައް އިންތިޒާމު ކުރުމާއި ކެއުން ހަމަޖެއްސުމުގެ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އިޢުލާން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން 14 - 16 އޯގަސްޓް 2017، އަށް 'އޯޒޯން ޓު ކްލައިމެޓް ޓެކްނޮލޮޖީ އެކްސްޕޯ އަދި އިންޑަސްޓްރީ ރައުންޑް ޓޭބަލް' ގެނަމުގައި އެކްސްޕޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިކަމާ ގުޅޭ ޓާރމްސް އޮފް ރެފަރަންސް ގައި ބަޔާން ކޮށްފައިވާ ޚިދުމަތްތައް ފޯރުކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)438-ENV/438/2017/129) އިއުލާންނަށް އެކަށީގެންވާ ވަރަށް ތަރުހީބު ނުލިބުމާއިއެކު އެއިއުލާން ބާތިލްކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަށް

މި ބައްދަލުވުމަށް ބޭނުންވާ ތަނާއި، ތަނުގެ ތައްޔާރީތައް އަދި ކޭޓަރިންގެ ޚިދުމަތް ފޯރުކޮށް ދޭންޖެހޭ ގޮތް، ވަގުތު އަދި ޚިދުމަތުގެ ކޮލެޓީއާއި އެހެނިހެން ކަންކަން ހަމެޖެހިފައި ހުންނަން ޖެހޭގޮތުގެ ތަފްޞީލު ހިމަނާފައިވާ ' ޓާރމްސް އޮފް ރެފަރަންސް ' ޑައުންލޯޑު ކުރެވޭ ގޮތަށް، މި އިއުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީގެ ވެބްސައިޓް، www.environment.gov.mv އިން ޑައުންލޯޑް ކުރައްވަން ވެސް ލިބިވަޑައިގަންނަވާނެއެވެ.

ހުށަހަޅަންވީ ތަކެތި

  • އަންދާސީ ހިސާބު ހުށަހަޅަން ވާނީ މަސައްކަތުގެ އަގާއި ޖީ.އެސް.ޓީގެ އަގު ވަކިން އެނގޭ ގޮތަށެވެ.
  • އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅުއްވާނީ ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ ވަކި ވަކި ބައިތަކުގެ އަގު އަދި އަދަދު ވަކިން އެނގޭގޮތަށެވެ.
  • ހުށަހަޅާފައިވާ އަންދާސީ ހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ކޮށްފައިވާ ކަމުގެ ލިޔުން ނުވަތަ ސެޓްފިކެޓް ގެ ކޮޕީ.
  • އަމިއްލަ ފަރާތެއްނަމަ އައިޑީ ކާޑުގެ ކޮޕީ / ކުންފުންޏެއްނަމަ ރަޖިސްޓްރީގެ ކޮޕީ.
  • ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް / އަމިއްލަ ފަރާތެއްނަމަ އެފަރާތެއްގެ ތަޖުރިބާ.
  • މި މަސައްކަތަކުގައި ލިބިފައިވާ ތަޖުރިބާ

 

 

ބީލަން ހުޅުވުން

 ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 23 ޖުލައި 2017 ވާ އާދިއްތަ ދުވަހުގެ 11:30 ގައި މިނިސްޓްރީ އޮފް  އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 23 ޖުލައި 2017 ވާ އާދިއްތަ ދުވަހުގެ 11:30 ގައި ހުށަހެޅުއްވުން އެދެމެވެ.

'އޯޒޯން ޓް ކްލައިމެޓް ޓެކްނޮލޮޖީ އެކްސްޕޯ އަދި އިންޑަސްޓްރީ ރައުންޑް ޓޭބަލް'  ބޭއްވުމަށް ހަމަޖެހިފައިވާ ތަނުގެ ތައްޔާރީތައް އަދި ކޭޓަރިންގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ނަންބަރު: IUL)438-ENV/438/2017/137) 

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018300 960+ ، ފެކްސް: 3018301 960+

އީމެއިލް : [email protected]

ވެބްސައިޓް: www.environment.gov.mv

 

 ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.
  • ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، އިއުލާނުގައި ދެވިފައިވާ މައުލޫމާތުގެ މިންގަނޑުތަކަށެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018306 ނަންބަރު ފޯނަށެވެ.
16 ޖުލައި 2017
ހޯދާ