މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
ލެބޯޓްރީ ޓެކްނޮލޮޖިސްޓް

 

 

 

 

 

 

 

 

 

މޯލްޑިވިއަން ބްލަޑް ސަރވިސަސް

 

               މާލެ،

           ދިވެހިރާއްޖެ

ނަންބަރ:  (IUL)449/449/2017/2 

ވަޒީފާގެ ފުރުޞަތު

ތާރީޚް: 13 ޖުލައި 2017

 

މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ގާބިލް މީހުންނެވެ.

މަޤާމު:

ލެބޯޓްރީ ޓެކްނޮލޮޖިސްޓް

ބޭނުންވާ ޢަދަދު

1

މަގާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:  MS1

މުސާރަ

މަހަކު 5610/- ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ޑިވިޝަން

ސެންޓްރަލް ބްލަޑް ބޭންކް / ލެބޯޓްރީ އެންޑް ރިސާރޗް

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ތެލެސީމިއާ ސްކްރީން ކުރުމަށް އަންނަ ފަރާތްތައް ރަޖިސްޓްރީކޮށް ބްލަޑް ސާމްޕަލްތައް ނަގައި ޑައިގްނޯސިސް ކުރުމުގެ ހުރިހާ މަސައްކަތެއްކޮށް ރިޕޯޓްތައް ތައްޔާރުކޮށް ނަތީޖާ ދޫކުރުން.
  2. ޕޭޝަންޓުންނާއި ޑޯނަރުންގެ ސާމްޕަލް ނެގުމާއި އެޗް.ބީ ބެލުމާއި ޓީ.ޓީ.އައި ސްކްރީން ކުރުމާއި އަދި ކްރޮސްމެޗްގެ ހަދާ ރިޕޯޓްތައް ތައްޔާރުކުރުން.
  3. ލޭ ޕްރޮސެސް ކުރުމާއި ލޭގެ މާއްދާތައް ވަކިކުރުމާއި ރައްކާތެރި ލޭ ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ތަޙުލީލުތައްކޮށް އޭގެ ރިޕޯޓް ތައްޔާރުކޮށް ފައިލްކޮށް ބެލެހެއްޓުން.
  4. ލޭ ނެގުމާއި ލޭ ރައްކާކުރުމާއި، ލޭ ފޯރުކޮށްދިނުމާ ގުޅޭގޮތުންނާއި ތެލެސީމިއާ އެންޑް އަދަރ ހީމަގްލޮބިނޯޕަތީސްއާ ގުޅޭ ގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  5. ލެބޯޓްރީގައި ބޭނުންކުރަމުންދާ ހުރިހާ އިކުއިޕްމަންޓްސްތައް މެއިޓެނެންސްކޮށް ދުވަހުން ދުވަހަށް ސާފުކޮށް ބެލެހެއްޓުން.
  6. ބްލަޑް ކޭންޕްތަކުގައާއި އައުޓްޑޯ ތެލެސީމިއާ ސްކްރީނިންގް ޕްރޮގްރާމްތަކުގައި ބައިވެރިވުން.
  7. ލެބޯޓްރީ އާއި ބްލަޑް ބޭންކަށް ބޭނުންވާ ތަކެތީގެ ސްޓޮކް އަޕްޑޭޓްކޮށް ހުސްނުވާގޮތަކަށް ސްޓޮކް ބެލެހެއްޓުމަށް އެހީތެރިވުން.
  8. ލެބޯޓްރީ އާއި ބްލަޑް ބޭންކަށް އަލަށް ބޭނުންވާ ޕްރޮޓޮކޯލްސްތަކާ، އެސް.އޯ.ޕީ ތައް ލިޔުމަށް އެހީތެރިވެދިނުން.
  9. ލޭ ހަދިޔާ ކުރުމާ ބެހޭގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުމާއި، އަލަށް ލޭ ހަދިޔާ ކުރުމަށް އެދޭ ފަރާތްތައް އިތުރުކޮށް ދާއިމީ ގޮތެއްގައި ލޭ ހަދިޔާކުރުމަށް ބާރުއެޅުމުގެ ގޮތުން ހިންގަންޖެހޭ ޕްރޮގްރާމްތަކުގައާއި ބްލަޑް ކޭންޕްތަކުގައި ބައިވެރިވުން

 

 

 

ތަޢުލީމާއި ތަޖުރިބާ

 

  1. މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

  1. މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ނުވަތަ

  1. މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި އޮފީހުގެ ކައުންޓަރުންނާއި ސިވިލް ސަރވިސްގެ ސައިޓުން ލިބެން ހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާ ކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:

(ހ) މޯލްޑިސްވް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ގަބޫލު ކުރެއްވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގް އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސަ ޓްރޭނިންގް އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާ ތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާ ތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  1. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ލައިސެންސާއި ރެޖިސްޓްރޭޝަން.

 

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

  • މީހުންނާ ރަގަޅަށް މުޢާމަލާތް ކުރަން އެގުން.
  • ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު.
  • އިނގިރޭސި ބަހުގެ ފެންވަރު.
  • މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރަންއެގުން / މަސައްކަތް ރާވާ ހިންގުމުގެ ޤާބިލްކަން ހުރުން.
  • ޙާޞިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ޢިނާޔަތްތައް

  • ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  • ރަމަޟާން މަހުގެ ޢިނާޔަތް.
  • ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް.
  • ޑިއުޓީ އުޞޫލުން މަސައްކަތް ކުރައްވަންޖެހޭނަމަ ކަނޑައެޅިފައިވާ އުޞޫލުން ޑިއުޓީ އެލަވަންސް.

ސުންގަޑި

20 ޖުލައި 2017 ވަނަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވިއަން ބްލަޑް ސަރވިސަސް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2017 ވަނަ އަހަރުގެ އޮގަސްޓް މަހުގެތެރޭގައި، މޯލްޑިވިއަން ބްލަޑް ސަރވިސަސް، މިނިސްޓްރީ އޮފް ހެލްތް (މަޖީދީމަގު).

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3333886 އެވެ.

13 ޖުލައި 2017
ހޯދާ